މީހުންނާއެކު، ޗާންދަނީމަގުން ދުއްވައިފައި ދިޔަ ޓެކްސީއެއްގައި މިރޭ ރޯވެއްޖެއެވެ. ނަމަވެސް މިރޭ ނުވައެއްޖަހާކަންހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވެއެވެ.
މަންޒަރު ދުށް މީހަކު "އަދިވެސް" އަށް ބުނި ގޮތުގައި މަޖީދީމަގު ހުރަސްކޮށް، ޗާންދަނީމަގު ދެކުނު ކޮޅަށް ވަދެގެންދިޔަ "ލޯޔަލް ޓެކްސީ"ގެ ރަތް ކާރުގެ އިންޖީނުގައި ރޯވެ، އަލިފާންގަނޑު ބޭރަށް ނުކުތެވެ. އެއާއެކު ޓެކްސީ މަޑުކުކުރިއެވެ. އަދި އެތާ ހުރި މީހަކު ގޮސް ފިހާރައެއްގައި ހުރި އަލިފާން ނިއްވާ ފުޅިއެއް ޖަހައި އަލިފާންގަނޑު ނިއްވާލީއެވެ. އެކަން ކުރީ އެއަރޕޯޓް ފަޔަރުގައި އުޅޭ މީހެކެވެ.
"އެ މީިހާގެ ކުޅަދާނަކަމުން އެހާ ފަސޭހައިން ނިއްވާލެވުނީ،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
ޓެކްސީން އަލިފާން ނިންވާލި ފަހުން، އެ ސަރަހައްދަށް ސިފައިންނާއި ފުލުހުން ދިޔައެވެ.
ޓެކްސީގައި އަލިފާން ރޯވާން މެދުވެރި ސަބަބެއް ނޭނގެއެވެ.



advertisment