Support Us

ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ބޭރުގެ ޔޮޓެއް، ނަސަންދުރަ ކައިރީގައި އޮއްވާ ފެނިއްޖެ

ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ބޭރުގެ ޔޮޓެއް، މާލޭ ފަޅުތެރެއަށް ވަދެ، ނަސަންދުރަ ކައިރީގައި އަޅައިފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އައިސް، ނަސަންދުރާއާ ދިމާ ފަޅުތެރެއަށް ވަދެފައިވާ ކަމުގެ މައުލޫމާތު މިއަދު 5:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެމް.އެން.ޑީ.އެފުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ޔޮޓުގެ މައުލޫމާތު އެމް.އެން.ޑީ.އެފަށް ލިބުނު ގޮތެއް ނުބުނެ، އެމް.އެން.ޑީ.އެފުން ބުނީ އެ ޔޮޓާ ބެހޭ ކަންތައް ރާއްޖޭގެ ލޯކަލް އޭޖެންޓު މެދުވެގެން ކުރިއަށްދާ ކަމަށާއި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ޔޮޓު ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ޔޮޓުގައި ތިބީ ކިތައް މީހުން ކަމެއް ވެސް ފުލުހުން ނުބުނެއެވެ. ނަމަވެސް، އެމް.އެން.ޑީ.އެފުން މީޑިއާ އަށް ހާމަކޮށްފައިވާ ފޮޓޯގައި، ޔޮޓުގައި ފިރިހެނަކު ހުރިތަން ފެނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު، ވަކިން ހާއްސަކޮށް މާލޭ ސަރަހައްދު ބަލަހައްޓަން ކޯސްޓްގާޑުގެ އުޅަނދުފަހަރު އަބަދުވެސް ހަރަކާތްތެރިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް