ވެލާނާގޭ ޕާކިންގ ޒޯންގައި ހުރި ސައިކަލެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ މެއި 10 ވަނަ ދުވަހުގެ ވަގުތެއްގައި ވެލާނާގެ ޕާކިންގ ޒޯންގައި ހުރި ހޮންޑާ ކްލިކް ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަނީ ރަތް ކުލައިގެ ސައިކަލެއްގައި އޭނާ ދާ ތަނެވެ. ސައިކަލް ވަގަށް ނަގާތަނެއް ނުފެނެއެވެ.
"ވީމާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486726 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.