ވަގަށް ނަގައިފައިވާ ކެމަލްހާޑް 10 ފޮށި ސިނގިރެޓް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- މެއި 25 ވަނަ ދުވަހު ނޯތު ހާބަރު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 21 ފަކީރާ. އިންސިޑެންޓް ނަންބަރު 487938
- މެއި 30 ވަނަ ދުވަހު އޯކިޑުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ފޮތިރޯލު. އިންސިޑެންޓް ނަންބަރު 488288
- މެއި 30 ވަނަ ދުވަހު އޯކިޑުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޓް އޮފް މެޝިނެއް. އިންސިޑެންޓް ނަންބަރު 488273
- މެއި 31 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގްރޭންޑަރަކާއި، ޖިގްސޯ. އިންސިޑެންޓް ނަންބަރު 488354
- މެއި 31 ވަނަ ދުވަހު ބުލޫކިޔާމަގާއި ހަނދުވަރީ ހިނގުން ގުޅުނު ހިސާބުން ފެނިފައިވާ ފޮއްޓެއް. (ފޮށީގައިހުރި ތަކެތި: ލަވާޒާ ޖޯޑު، ބިއްލޫރި ތަށި، ޖޯޑު، ވަތުތަށި، ބިއްލޫރި ޖަގު، މާވަށި) އިންސިޑެންޓް ނަންބަރު 488341
- މެއި 31 ވަނަ ދުވަހު އޮކްސިޖަން ކެފޭ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސްޓޭންޑް ބައުލް މިކްސަރެއް. އިންސިޑެންޓް ނަންބަރު 488368
- މެއި 31 ވަނަ ދުވަހު ނަސީމީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިންޖީނު ސްޕެއަރ އަޅާފައި ހުރި ގޯންޏެއް. އިންސިޑެންޓް ނަންބަރު 488407
- މެއި 31 ވަނަ ދުވަހު ހަނދުވަރީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރުރޯލުތަކެއް އަޅާފައިހުރި ފޮއްޓަކާއި ދަބަހެއް. އިންސިޑެންޓް ނަންބަރު 488339
- ޖޫން 2 ވަނަ ދުވަހު މުރަނގމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނު. (ނޮކިއާ، ސެމްސަންގ) އިންސިޑެންޓް ނަންބަރު 488513
- ޖޫން 2 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެމަލްހާޑް 10 ފޮށި ސިނގިރެޓް. އިންސިޑެންޓް ނަންބަރު 488536
- ޖޫން 3 ވަނަ ދުވަހު ގ. މުތީއާގެ ސިޑިމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އޮޕްޓިކަލް ޕަވަރ މީޓަރެއް. އިންސިޑެންޓް ނަންބަރު 488576
- ޖޫން 3 ވަނަ ފާށަނާ ކިލެގެމަގުން ފެނިފައިވާ ވެރިއަކުނެތް ކޮތަޅެއް. (ކޮތަޅުގައި ހުރި ތަކެތި: އައިފޯން 5، ސެމްސަންގ ގެލެސްސީ 6، 1 ފުއްކަށި، 1 ކައްޓާ، 1 ގްރޭންޑަރ (މަކީޓާ)، 1 ސޭންޑަރ (މަކީޓާ). އިންސިޑެންޓް ނަންބަރު 488607
- ޖޫން 4 ވަނަ ނިކަގަސްމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރުރޯލުތަކެއް އަޅާފައި ފޮއްޓެއް. އިންސިޑެންޓް ނަންބަރު 488654
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.
–
ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment