Support Us

ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަނީ

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި ލިބިވަޑައިގަތް ޒަޚަމްތަކާ ގުޅިގެން އިތުރު އޮޕަރޭޝަންތަކެއް ކުރަންޖެހޭ ކަމަށާއި ކަމުގެ މާހިރުންގެ ޓީމަކުން އެކަން ކުރިއަށްގެންދާ ކަމުގައި އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނީ ގިނަ ޒަޚަމްތަކަކާއެކު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8.30 ގައި ކަމަށާއި މަލްޓި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޓީމަކުން ވަގުތުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށެވެ.

ރޭގެ މި ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅުގައި ވަރަށް ގިނަ ޒަޚަމްތައް ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޒަހަމްތައް ގިނަކަމުން ނަޝީދަށް ފަރުވާ ދެނީ ހޭނައްތައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި ހަމަލާގައި ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ވެފައިނުވާ ކަމަށާއި އަދި ހޭނެއްތުމުގެ ކުރިން ރަނގަޅަށް ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް