Support Us

މެންދުރުފަހުގެ ސެޝަނަށް މަޖީދިއްޔާ ސްކޫލަށް ކުދިން ވަންނަނީ.. އަދިވެސް ފޮޓޯ

އޯލެވެލް ފެށެން ހަފުތާއަކަށްވެފައި ވަނިކޮށް މަޖީދިއްޔާ ގްރޭޑް 10ގެ ދަރިވަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ، އެ ވާހަކަ ދެއްކުން ސިއްރުކޮށްފައި

ކެމްބްރިޖް އޯލެވެލް ފެށެން ހަފުތާއަކަށް ކައިރިވެފައި ވަނިކޮށް މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އެކަމަކު ސްކޫލުން ވަނީ އެ ވާހަކަ ދެއްކުން ސިއްރުކޮށްފައެވެ.

އިތުުބާރު ހުރި މަސްދަރަކުން "އަދިވެސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މަޖީދިއްޔާ ގްރޭޑް 10ބީ ގައި ކިޔަވާ އެ ދަރިވަރު ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ސްކޫލް ވަނީ ވަރަށް ބޮޑަށް އެލާޓަށް އައިސްފައެވެ. އަދި އެ ވާހަކަ ނުދައްކާން ސްކޫލުން ދަރުވަރުންނަށް ވަނީ އަންގައިފައެވެ.

ގްރޭޑް 10ގެ ބެލެނިވެރިންނަށް މަޖީދިއްޔާ އިން މިއަދު ވަނީ ވަރަށް ދިގު މެސެޖެއް ފޮނުވައިފައެވެ. ނަމަވެސް، މާދަރީ ބަހުގެ ދުވަހު، ދިވެހި ހެދުން އަޅައިގެން ހަރަކާތްތެރިވާ މަޖީދިއްޔާ އިން، ލެޓިނުން ލިޔެފައި ފޮނުވި އެ މެސެޖްގައި، އެ ސްކޫލް ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެގެން އުޅޭ ވާހަކައެއް ސީދާ ބުނެފައެއްނެތެވެ. އޭގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކައެވެ.

ގްރޭޑް 10ގެ ބެލެނިވެރިންނަށް މަޖީދިއްޔާ އިން މިއަދު ލެޓިނުން ފޮނުވި ދިގު މެސެޖު

މި ކަމާ ގުޅިގެން މަޖީދިއްޔާ ސްކޫލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް