ކުޑަކުދިންގެ ފުއްޕާމެޔާއި ހަޖަމުގެ ނިޒާމަށް ޖެހޭ ބައްޔަކަށް މީގެ ވިއްސަކަށް އަހަރު ކުރިން އުފެއްދި ބޭހެއް ކޮވިޑު19ގެ ފަރުވާއަކަށް ވުމުގެ އުންމީދު އާވެއްޖެއެވެ.
ކެނެޑާގެ ކްލިނިކެއްގައި ކުރި އަޖުމަބެލުމުގެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން "ސިސްޓިކް ފައިބްރޯސިސް" އަށް 1998 ގައި ތަޢާރަފުކުރި ކޮލްޗައްސީން (Colchicine) އަކީ ކޮވިޑު19ގެ ނުރައްކާތެރިކަމާއި އެ ބަލީގައި މަރުވުމުގެ ހިރާސް ކުޑަކުރުމަށް "މުހިއްމު އުންމީދެ"ކެވެ.
މި ދިރާސާކުރާ ޓީމުގެ އިސްވާރެއް ކަމަށްވާ މޮންޓްރިއަލް ހާޓް އިންސްޓިޓިއުޓްގެ ވެރިޔާ، ޖީންކްލޯޑް ޓާޑިފް ވިދާޅުވި ގޮތުގައި މި ނަތީޖާ ފުރިހަމައަށް ސާބިތުވެއްޖެ ނަމަ، ކޮވިޑް19 އަށް ޔަގީން އަދި އަގުހެޔޮ ބޭހެއް ހޯދުނީއެވެ. މި ދިރާސާގެ ވަގުތީ ނަތީޖާ މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށްފައެވެ. އަދި ދާއިމީ ނަތީޖާ ވީހާ އަވަހަކަށް އާންމުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
(ޙަވާލާ: ނިއުސްޓްރެއިޓްސް ޓައިމް/މެލޭޝިއާ)



advertisment