Support Us

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 200ރ. އާއި ދެ ފުޅި ސެންޓުގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. އެ ތަކެތީގެ ތެރޭގައި ހޮވައިގެން ގެންގޮސްފައިވާ 200ރ. އާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ދެ ފުޅި ސެންޓު ހިމެނެއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

  • 2021 ޖެނުއަރީ 1 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ރަތްވިލާ ހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ތިން ޑަބަލް ސޮކެޓް، ސިންގަލް ސޮކެޓް، ހަތަރު ހުޅުފަތް އަދި ފާރުގަ ހަރުކުރާ ލައިޓެއް. (އިންސިޑެންޓް ނަންބަރު 474647)
  • 2020 ޑިސެންބަރު 31 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އިސްކަންދަރު މަގުން ހުއްޓުވި ބިދޭސީއެއްގެ އަތުން ފެނިފައިވާ ދެ ޕްރޮޕް  ދަނގަނޑު. (އިންސިޑެންޓް ނަންބަރު 474548)
  • 2020 ޑިސެންބަރު 31 ވަނަ ދުވަހު މޫކައި ސުއިިޓް ކައިރިން ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާ. (އިންސިޑެންޓް ނަންބަރު 474498)
  • 2020 ޑިސެންބަރު 31 ވަނަ ދުވަހު އަލިމަސް ކާނިބަލް ސްޓޭޖް ފިލާގަނޑު ދަށުގައި ފޮރުވާފައިވަނިކޮށް ފެނިފައިވާ ކާރު މަލްޓިމީޑިއާ ސެޓް، ދާކޮޅެއް އަދި ދެ ސައިކަލް ޝޮކް. (އިންސިޑެންޓް ނަންބަރު 474494)
  • 2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އަބަދަށް ފެހިމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ޑަރެޖް ބްރޭންޑްގެ ދެ ސެންޓްފުޅި. (އިންސިޑެންޓް ނަންބަރު 474409)
  • 2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ކާމިނީމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ނައިކް ބްރޭންޑްގެ ދަބަހެއް. އަދި ދަބަސް ތެރޭގައި ހުރި އިންޑަސްޓްރިއަލް ސޭފްޓީ ބެލްޓް، އޭސީ ގޭސް ގޭޖް، ފިންގަރ ޓެކް ޑޯ ލޮކް ސިސްޓަމް، އިސްކުރު އަނބުރާ ކަށިގަނޑަކާއި ޕީސީ އިންއައުޓް ކޭބަލެއް އަދި މަކީޓާ ބްރޭންޑްގެ ބުރުމާއަކާއި އެންޓި ސްލިޕް ކޯޓިންގ ސްޕްރޭ ފުޅިއެއް. (އިންސިޑެންޓް ނަންބަރު 474413)
  • 2020 ޑިސެންބަރު 30 ވަނަ ދުވަހު މ.ރަބީއުވިލާގެ ދެވަނަ ފަންގިފިލާއަށް ހުއްދަނެތި ވަތް ދެމީހަކު އެތަނުގައި ބަހައްޓާފައި ވަނިކޮށް ފެނިފައިވާ ޑެލް ބްރޭންޑްގެ ސީޕީއޫއަކާއި އޭސަރ ބްރޭންޑްގެ ސީޕީޔޫއަކީ އޭސަރ ބްރޭންޑް މޮނީޓަރަކާއި ޑީވީޑީ ޕްލެޔަރެއް. (އިންސިޑެންޓް ނަންބަރު 474490)
  • 2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ޝަހީދު އަލީ މިސްކިތް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ ޝޫރެކަކާއި ކްލޯތު ރެކެއް. (އިންސިޑެންޓް ނަންބަރު 474456)
  • 2020 ޑިސެންބަރު 29 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުގައި ވައިލެޓް މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވަނީ އެންޒީ ބްރޭންޑް 36 މަސްދަޅު، 21 ރެޑްބުލް ދަޅު އަދި ކުކިންގ ޗޮކްލެޓެއް. (އިންސިޑެންޓް ނަންބަރު 474297)
  • 2020 ޑިސެންބަރު 26 ވަނަ ދުވަހު އިއްޒުދީން މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ ކަރަންޓް ކޭބަލް ހުރި ގޯންޏެއް. (އިންސިޑެންޓް ނަންބަރު 474074)

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި، އިންސިޑެންޓް ނަންބަރު ބުނެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *