މާލެއިން 33 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދާތާ 24 ގަޑިއިރުވެއްޖެ ކަމަށް ބުނެ ފުލުހުން އޭނާގެ ފޮޓޯ ރޭ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު، 33، މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އެ ރޭ 11 ޖަހަން ކައިރިވެފައި ވަނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމަށް ފާއިތުވި 24 ގަޑިއިރު ކުރި މަސައްކަތުން އެ މީހާ ފެނިފައި ނުވާ ކަމަށް ފުުހުން ބުނެެއެވެ.
ޝިރުމީނާ އަބޫބަކުރު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖީންސެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ވީމާ، ޝިރުމީނާ އަބޫބަކުރާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment