Support Us

ސީރިއާގެ ހަނގުރާމައަށް ދިޔަ މީހާގެ ބަންދަށް ހަތް ދުވަސް

ޓެރަރިސްޓް ޖަމާއަތަކާ ގުޅެން ސީރިޔާ އަށް ގޮސްފައި އައިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ޓެރަރިސްޓް ޖަމާއަތަކާ އެކު ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 34 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ހަތް ދުވަސް ކޯޓުން މިއަދު ޖަހައިދީފައިވާ ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދެ އަތުގައި ބިޑި އަޅުވައިގެން ގެއަކުން ނެރެގެން ފުލުހުންގެ ވެހިކަލެއްގައި އޭނާ ގެންދާ މަންޒަރުގެ ވީޑިއޯ އާއި ފޮޓޯތައް ވަނީ މީޑިއާގައި އާންމުވެފައެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ސީރިޔާއިން ރާއްޖެ އައި ތަނުން ރޭގައެވެ.

އެކިއެކި ޓެރަރިސްޓް ޖިހާދީ ގްރޫޕުތަކާ ގުޅިގެން، ސީރިޔާގެ ހަނގުރާމައިގައި ދިވެހިންގެ ގިނަ ބަޔަކު ބައިވެރިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ހަނގުރާމައިގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *