Support Us

12 މީހުން މަރުވި ރިޔާޒް އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދުނިޔެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ހުންނަ ރަސްގެފާނު ހާލިދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޔަމަންގެ ހޫތީން ދިން ހަމަލާ ގައުމުތަކުން ކުށްވެރިކޮށްފިއެވެ.

ސައޫދީން ބުނީ އިއްޔެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާގައި 12 މީހުން މަރުވެ 309 މީހުން ޒަހަމްވިކަމަށެވެ.

މިއީ މި ހަފުތާގެ ތެރޭގައި އެ އެއާޕޯޓަށް ދިން ތިން ވަނަ ހަމަލާއެވެ .

މަރުވި އަދި އަނިޔާވި މީހުންގެ ތެރޭގައި ސައޫދީ ރައްޔިތުންގެ އިތުރުން ބަނގްލަދޭޝް، އެމެރިކާ، މިސްރު، އުރުދުން، ފަލަސްތީން، ސޫރިޔާ އަދި ސޫދާނުގެ ރައްޔިތުން ހިމެނެއެވެ.

ސައޫދީގެ ރަސްމީ އިދާރާތަކުން މި ހަމަލާގެ އިލްޒާމް އެޅުވީ ޔަމަނުގެ، އީރާނުގެ މަދަދު ލިބޭ ހޫތީ ބާގީންގެ ބޮލުގައެވެ. ނަމަވެސް ހަމަލާގެ ޒިންމާ އެ ޖަމާއަތުން އަދި ނަގައިފައިނުވިޔަސް ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށް އެ ޖަމާއަތުންވަނީ އިންޒާރުދީފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާއިން މި ހަމަލާ "ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ"ކަމަށެވެ.

"މި ނުރައްކާތެރި ހަމަލާތަކުން ދައްކުވައިދެނީ ކުށެއް ނެތް އާންމު ރައްޔިތުންގެ ފުރާނައަށް އެއްވެސް އިހްތިރާމެއް ނެތްކަން. މި ފަދަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޫތީންނާ ދެކޮޅަށް ސައޫދީން ދޭ ހަމަލާތަކުގައި ބައިވެރިވުމާމެދު ވިސްނައިވަޑައިގަންނަވަމުންދާކަމަށެވެ.

"އަހަރެމެން ބައިވެރިވެދާނަން. އަހަރެމެން އެ ކަމާމެދު ވިސްނައި ބަލައިނަން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާ، އިންޑިއާ، ޕާކިސްތާން، ޖަޕާން، ފަލަސްތީން، ގަތަރު، މިސްރު، އުރްދުން، އުމާން، ބަހްރައިން އަދި ކެނެޑާ ފަދަ އެހެނިހެން ގައުމުތަކުންވެސް ހަމަލާ ކުށްވެރިކޮށް، ސައޫދީއާއެކުވާކަމަށް ހާމަކުރިއެވެ. އދ.އިންވެސް ހަމަލާ ކުށްވެރިކުރިއެވެ.

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވަމުންދިއުމާއެކު އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށް ނުވަތަ މިސްރާބު ބަދަލުކުރަމުންދިޔައިރު، އެއާޕޯޓުގެ ހިދުމަތްތައްވެސްވަނީ ވަގުތީގޮތުން މެދުކަނޑައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *