Support Us

ބޮލިވިއާގެ ބަޔޮލޮޖިސްޓް ނުވަތަ ދިރުން ހުންނަ ތަކެތީގެ އިލްމްގެ މާހިރެއްކަމަށްވާ ޕޯލާ ނޯގާލެސް-އަސްކާރޫންސް، ލެޕާޑަސް ޓިލްކަޔޯ ބުޅަލަކަށް ބަލަހައްޓައިގެން

100 އަހަރަށްފަހު އާ ބާވަތެއްގެ ބުޅަލެއް ދެނެގަނެވިއްޖެ

ސަތޭކަ އަހަރަށްފަހު އާ ބާވަތެއްގެ ބުޅަލެއް ދެނެގަނެވިއްޖެއެވެ.

ދެކުނު އެމެރިކާ ބައްރުގެ ގައުމެއްކަމަށްވާ ބޮލިވިއާއިން ދެނެގަނެވުނު ބުޅަލުގެ ދިގުމިނަކީ 46 ސެންޓިމީޓަރެވެ. ބަރުދަނަކީ 1.4 ކިލޯއެވެ. އެހެންކަމުން މިއީ އިންސާނުން އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކަށްވުރެ ކުޑަ ބުޅަލެކެވެ.

މިއީ ކުރިން ދެނެގަނެވިފައިނުވާ ބާވަތެއްގެ ބުޅަލެއްކަން ހާމަވީ 38 ބުޅަލެއްގެ ޖެނެޓިކް ދިރާސާކޮށްފައެވެ.

މި ބުޅަލަށް ދީފައިވާ އާއްމު ނަމަކީ ޓިލްކަޔޯ ޓައިގާ ކެޓްއެވެ. ސައިންޓިފިކް ނަމަކީ ލެޕާޑަސް ޓިލްކަޔޯއެވެ.

މި ބާވަތުގެ ބުޅާ ދިރިއުޅެނީ ދުންފިނި އަދި ވިލާ ހުންނަ އުސްމިނުގައި ހުރި ޔޫންގަސް ނަމަކަށް ކިޔާ ޖަންގަލިތަކެއްގައެވެ. އެއީ އެންޑީޒް ފަރުބަދަތައް އެމެޒޯން ކޯރާ ގުޅޭ ސަރަހައްދުގައެވެ.

"އަހަރެން ހީކުރީ އެއީ ޅަ ބުޅަލެއްކަމަށް،" ބުޅާ ފުރަތަމަ ފެނުމުން ހިތަށް އެރި ގޮތް ކިޔައިދެމުން ބޮލިވިއާގެ ބަޔޮލޮޖިސްޓް ނުވަތަ ދިރުން ހުންނަ ތަކެތީގެ އިލްމްގެ މާހިރެއްކަމަށްވާ ޕޯލާ ނޯގާލެސް-އަސްކާރޫންސް ބުންޏެވެ.

އޭނާއަކީ ދުނިޔެއާ ބެހޭ އިލްމް ގެނެސްދޭ ނެޝަނަލް ޖޯގްރަފިކްގެ އެކްސްޕްލޯރާ ނުވަތަ މީހުން ނުދާ ތަންތަނަށް އެ ތަންތަނުގައިވާ ތަކެތި ބެލުމަށް ދަތުރުކުރާ މީހެކެވެ. ލެޕާޑަސް ޓިލްކަޔޯ ބުޅަލަކީ އާ ބާވަތެއްގެ ބުޅަލެއްކަން ދެނެގަނެވުނީ އޭނާ އިސްވެހުރެކުރި ދިރާސާއަކުންނެވެ.

ބެލްޖިއަމްގެ އެންޓްވަޕް ޔުނިވާސިޓީގެ ބަޔޮލޮޖިސްޓެއްކަމަށްވާ ޖޯނަސް ލެސްކްވާ ބުނީ "ނުފެންނަ ގިނަ ވައްތަރުތަކުގެ ދިރުން އުޅޭ"ކަމަށެވެ.

ސައިންސްވެރިން ބުނީ ޔޫންގަސްއިން މިހާރު ސީރިއަސް މިންވަރަކަށް ގަސް ކަނޑައިފައިވާކަމަށާއި އަދި ރަން ނެގުމުގެ މަސައްކަތުގެ ޕްރެޝަރަށްވެސް އެ ޖަންގަލި ހުށަހެޅިފައިވާކަމަށެވެ.

ލެޕާޑަސް ޓިލްކަޔޯ ބުޅަލާ ބެހޭ މައުލޫމާތު ޝާއިއުކޮށްފައިވަނީ ބުރާސްފަތި ދުވަހު "ކަރަންޓް ބަޔޮލޮޖީ" މަޖައްލާގައެވެ. އޭގައި ބުނެފައިވަނީ އެ ބުޅަލުގެ ކެއުން ހުންނަ ގޮތް އަދި އެހާ ސާފެއް ނޫންކަމަށާއި އެ ސޮރުމެންގެ ބޮޑުކަމުދާ ތަކެތިން މީދަލުގެ ބާވަތްތަކުގެ ހައިވާނުންގެ އަސަރު ފެނިފައިވާކަމަށެވެ.

މި ބުޅާގެ އާބާދީވެސް އަދި ލަފާކުރެވިފައިނުވާއިރު މިއީ ކޮން ކަހަލަ ބުޅަލެއްކަން ނޭނގި، އާއިލާއަކުން މީގެ ބުޅަލެއް ގޭގައި ގެންގުޅެފައި 10 އަހަރު ފަހުން ހައިވާނުން ރައްކާތެރިކޮށްފައިވާ ސަރަހައްދަކަށް އެ ސޮރު ދޫކޮށްލީ އެ އާއިލާއިން ގެންގުޅޭ ކުކުޅުހާ ފަހާތީކަމަށް ޕޯލާ ބުންޏެވެ.

"ޖަންގަލީގައި އުޅޭ ޖަނަވާރު ޕެޓުންގެ ގޮތުގައި ގޭގައި ގެންގުޅުނަސް، އޮޅުކޮށްގެން ގެންގުޅޭ ހައިވާނުންގެ އަމަލުތައް ހުންނަ ގޮތަކަށް ޖަންގަލީގައި ދިރިއުޅޭ ހައިވާނުންގެ އަމަލުތަކެއް ނުހުންނާނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *