Support Us

އެޑް ޝީރަން (ވ) އަދި މެކްލްމޯ

ފަލަސްތީނަށް ކުރިމަތިވެފައިވަނީ އާފާތެއް: ޝީރަން

ފަލަސްތީނަށް ކުރިމަތިވެފައިވަނީ އާފާތެއްކަމަށް އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނެފިއެވެ.

"ގައްޒާގައި އާއްމުންނާއި ކުޑަކުދިން މަރުވުމަކީ މުސީބާތެއް. ހުޅަނގު އައްސޭރީގައި ނިޒާމީ ގޮތުން އިންސާފު ނައްތައިލުމަކީ އެ ކަމަށް ފުރަގަސްދެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ޝީރަން މިހެން ބުނީ ޝީރަންގެ އެމެރިކާ ޓުއަރުން އެމެރިކާގެ ލަވަކިޔުންތެރިޔާ މެކްލްމޯ ބޭރުކޮށްލުމުގެ މައްސަލައަށްފަހު ޝީރަން ފުރަތަމަ ބޭއްވި އެކަނި ޝޯގައި އިއްޔެއެވެ.

ޝީރަން ބުނީ ފަލަސްތީންގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާއަކީ ބޮޑުވެގެންވާ ކާރިސާއެއްކަމަށާއި އެއީ ހަމައެއް ނެތް އަދި އިންސާފެއްވެސް ނެތް ކަމެއްކަމަށެވެ.

ޝީރަންއަށް ފާޑުކިޔުން އަމާޒުވީ މެކްލްމޯ މި މަހު ހަތަރެއްގައި އޮތް ޝީރަންގެ ޓުއަރު ޝޯގައި "ފަލަސްތީން މިނިވަންކުރޭ" ގޮވައި، ފަލަސްތީނަށް ތާއީދުކުރާ ލަވަ "ހިންދްސް ހޯލް" ކިޔުމުންނެވެ. އެ ކަމުގެ ސަބަބުން ޝޯ ބާއްވާ ތަންތަނުގެ ވެރިންގެ ޕްރެޝަރާހުރެ ޓުއަރު އިންތިޒާމުކުރާ ފަރާތުން މެކްލްމޯ ޓުއަރުން ވަކިކޮށްލުމުން ޝީރަންއަށް ފާޑުކިޔުން އަމާޒުވީ މެކްލްމޯގެ ދިފާއުގައި ވާހަކަދެއްކުމުގައި ލަސްވުމުންނެވެ.

މައްސަލަ ޖެހުނު ޝޯ ބޭއްވި ޖަލެޓް ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް، މެކްލްމޯއަށް ފުރުސަތު ނުދޭނެކަމަށް ބުންޏެވެ. އެއާ ވިދިގެން އިތުރު ސްޓޭޑިއަމްތަކުގެ ވެރިންވެސް މެކްލްމޯއަށް ފުރުސަތު ނުދޭން ނިންމުމުން ޓުއަރު އިންތިޒާމްކުރި ފަރާތުން މެކްލްމޯއަށް ކުރިއަށް އޮތް ތާނގައި ޝީރަންގެ ޓުއަރުގައި ބައިވެރިވުމަށް ހުއްދަ ނުދިނީއެވެ.

ކްރާފްޓް ބުނީ މައްސަލައަކީ ފަލަސްތީން ރައްޔިތުންގެ ވޭން ބަލައިނުގަތުން ނޫންކަމަށާއި ނަމަވެސް ޔަހޫދީ ނަސްލާ ދެކޮޅަށްވެސް، މެކްލްމޯގެ އަމަލުތަކުގެ ސަބަބުން މީހުން ލަންބުވައިލީކަމަށެވެ.

ކްރާފްޓާއި ޝީރަން މިހާރު ނިންމައިފައިވަނީ އެ އިން ކޮންމެ މީހަކު ފަލަސްތީނަށް އެހީވުމަށް ދެ މިލިއަން ޑޮލަރު (30.9 މިލިއަން ރުފިޔާ)ދޭށެވެ. މެކްލްމޯ ނިންމީ އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *