Support Us

މަނާކުރިޔަސް 16 އަހަރުން ދަށުގެ ކުދިން އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭނުންކުރޭ: ދިރާސާ

އުމުރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމުކަމަށް ވިޔަސް އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ގިނަ ކުދިން އަދިވެސް ސޯޝަލް މީޑިއާ ބޭނުންކުރާކަން ހާމަވެއްޖެއެވެ.

އެ ގައުމުގެ އިންޓަނެޓް ރެގިއުލޭޓާ، އީސޭފްޓީން ކުރި ދިރާސާއަކުން ދެއްކީ، މި ދިޔަ އަހަރުގެ ޑިސެމްބަރުގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރިޔަސް، ޖެހިގެން އައި ތިން މަހު ކޮންމެ 10 ކުއްޖަކުން އަށް ކުއްޖަކު ސޯޝަލް މީޑިއާ ބޭނުންކުރިކަމެވެ.

އީސޭފްޓީން ބުނީ މަނާކުރުމުގެ ކުރިން އުމުރުން 10 އަހަރާއި 15 އަހަރާ ދޭތެރޭގެ ކުދިންގެ ތެރެއިން 86 ޕަސެންޓް ކުދިން ސޯޝަލް މީޑިއާ ބޭނުންކުރި ކަމަށެވެ. އަދި މި ދިޔަ މާޗް މަހު 81 ޕަސެންޓް ކުދިން ސޯޝަލް މީޑިއާ ބޭނުންކުރި ކަމަށެވެ.

ގާތްގަނޑަކަށް 58 ޕަސެންޓް ކުދިން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ބޭނުންކުރި ކަމަށް ދެއްކިއެވެ. ބައެއް ކުދިންގެ އެކައުންޓްތައް އަދިވެސް އެ ކުދިން ބޭނުންކުރެއެވެ. ސަބަބަކީ އެ ކުދިންގެ އުމުރު ސޯޝަލް މީޑިއާ މަންސަތަކުން ރަނގަޅަށް ޗެކުކޮށްފައިނުވާތީއެވެ.

އޮސްޓްރޭލިއާގެ ޕްރޮޑަކްޓިވިޓީ، ކޮމްޕެޓިޝަން، ޗެރިޓީ އަދި ޓްރެޒަރީއާ ބެހޭ ވަޒީރުގެ ނައިބު އެންޑްރޫ ލީ ބުނީ ގާނޫނު 100 ޕަސެންޓު ތަންފީޒު ނުކުރެވޭނެކަން ކުރިންވެސް އެނގޭ ކަމަށެވެ.

"ނަމަވެސް މުހިންމީ ގާނޫނެއް އޮތުން. މި ކަމުގެ ސަބަބުން ކަންތައްތަކެއް ބަދަލުވެއްޖެ. އެތައް މިލިއަން (ކުޑަކުދިންގެ ސޯޝަލް މީޑިއާ) އެކައުންޓް ބަންދުކުރެވިއްޖެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *