Support Us

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިރިއުޅުއްވާ ބޮޑުވަޒީރުގެ ގެ ކައިރިން ޕާލަމަންޓްގެ އިދިކޮޅުގެ ލީޑަރު އަދި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ފުލުހުން އިއްޔެ ހައްޔަރުކުރަނީ

ކުރަފި ޕާޓީ ހަރަކާތުގެ މުޒާހަރާގައި ބައިވެރިވި އިންޑިއާގެ އިދިކޮޅު ލީޑަރު ދޫކޮށްލައިފި

އިންޑިއާގެ އިމްތިހާންތަކުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ކުރަފި ޕާޓީގެ ނަމުގައި އުފައްދައިފައިވާ ދަރިވަރުންގެ ހަރަކާތުން މުޅި ގައުމުގައި ފުޅާކުރަމުންދާ މުޒާހަރާގައި ބައިވެރިވުމުން ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅުގެ ލީޑަރު ރާހުލް ގާނދީ ހައްޔަރުކުރުމަށްފަހު ގަޑިއިރުތަކެއް ފަހުން ދޫކޮށްލައިފިއެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރުކަން ވެސް ކުރާ ރާހުލް އިއްޔެ ހައްޔަރުކުރީ ޕާލަމަންޓާ ދިމާއަށް މުޒާހަރާވެރިން ހިނގަން ފެށި މަރުހަލާގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިރިއުޅުއްވާ ބޮޑުވަޒީރުގެ ގޭގެ ބޭރުންނެވެ.

ޒުވާނުން ކަންނެތް ކަމަށް އުއްތަމަ ފަނޑިޔާރު ބުނުމުން އެ ކަމާ ދެކޮޅަށް ކުރަފި ނުވަތަ 'ކޮކްރޯޗް’ގެ ނަން ބޭނުންކޮށްގެން އުފެއްދި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ހަރަކާތުގައި ބައިވެރިވެފައިވާ އެތައް ހާސް ދަރިވަރުންގެ މުޒާހަރާގައި ބައިވެރިވެގެން ހައްޔަރުކޮށްފައި ދޫކޮށްލުމުން ރާހުލް ބުނީ "އިންޑިއާގެ ޒުވާނުންގެ އަޑު ކަނޑުވައިނުލެވޭނެ" ކަމަށެވެ.

ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)އިން ބުނީ ތައުލީމީ ދާއިރާގައި މައްސަލައެއް ނޫޅޭ ކަމަށާއި ރާހުލް ދަނީ
"ގައުމުގައި ހަމަނުޖެހުން އުފައްދަން ލަދުވެތިކަމެއް ނެތި ދަރިވަރުންގެ ނާޖާއިޒު ފައިދާ ނަގަމުން" ކަމަށެވެ.

"އަހަރެމެން ކަމެއް ސިއްރުކުރާކަށް ނޫޅެން. އިސްލާހު ގެންނާނަން އަދި ޒިންމާ ވެސް ނަގައިނަން،" ތައުލީމާ ބެހޭ ވަޒީރު ދަރްމެންދްރާ ޕްރަދަން ބުންޏެވެ.

ކުރަފި ޕާޓީ ހަރަކާތުގައި ބައިވެރިވެގެން ދަރިވަރުން ފުޅާކުރަމުންދާ މުޒާހަރާ މިހާރު ވެފައިވަނީ ސަރުކާރަށް އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *