Support Us

ލަންކާ އަށް އެމް.ޕީ.އެލް އިން 350،000ރ. ހަދިޔާކޮށްފި

ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯންގައި ބައިވެރިވެ އެމް.ޕީ.އެލް އިން 350،000ރ. ހަދިޔާކޮށްފިއެވެ.

މި ފައިސާއަކީ އެ ކުންފުނިން ހަދިޔާކުރި ފައިސާ އާއި އެމް.ޕީ.އެލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

ގައުމީ ޓީވީން އިސް ނަގައިގެން ބޭއްވި މި ޓެލެތޯންގައި އެމް.ޕީ.އެލްގެ ތިން ސަރަހައްދެއްގައި ފަންޑް ފޮށި ވެސް ބެހެއްޓިއެވެ. އެއީ އެމް.ޕީ.އެލް ހެޑް އޮފީސް، މާލޭ ނޯތު ހާބަރ އަދި މާލޭ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައެވެ.