އަޑުގަދަ ޓީވީ އިސްތިހާރުތައް ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި މަނާކޮށްފިއެވެ.
އާ ގާނޫނުގެ ދަށުން، މުދަލާއި ހިދުމަތް ވިއްކުމަށް އިސްތިހާރުތަކުގައި އުޅޭ މީހުންނަށް އަޑުގަދަކޮށް ވާހަކައެއް ނުދެއްކޭނެއެވެ.
ސްޓްރީމްކުރާ ޕްރޮގްރާމަށްވުރެ، އޭގެ ތެރޭގައި ދައްކާ އިސްތިހާރުތައް މާ އަޑުގަދަކަމަށް އެމެރިކާގެ ޓީވީ ބެލުންތެރިން ޝަކުވާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.
އެހެނީ އެއް މިނެޓެއްގައި، ގުދުރަތުގެ ސުލްހަވެރިކަން ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ބަލަން އިންދާ، ދެން އަންނަ މިނެޓުގައި ބެލުންތެރިޔާއަށް ޖެހޭނީ ރިމޯޓު ހޯދަން ތެޅިގަންނާށެވެ. މިސާލަކަށް، މާ ގިނައިން ފޮޑި ޖެހޭ މީހަކަށް ފަރުވާއެއް ކަމަށް ބުނާ ބޭސްވެރިކަމެއް އިސްތިހާރުކޮށްދޭ މީހާ އަޑުގައި ނެތް ތަނަށް ހަޅޭއްލަވައިގަންފައިނެތީއެވެ.
"ކެލިފޯނިއާ މީހުންގެ އަޑު ގަދަކޮށް އަދި ސާފުކޮށް އިވިއްޖެ. އުފަލުގައި ބަލަމުން ދިޔަ ޕްރޮގްރާމަށްވުރެ އަޑުގަދަ އިސްތިހާރުތައް ބޭނުން ނުވާކަން ސާފުވީ،" މި ދިޔަ ހޯމަ ދުވަހު ގާނޫނު ގެޒެޓް ކުރަމުން ގަވަރުނަރު ގެވިން ނިއުސަމް ބުންޏެވެ.
މި ގާނޫނަކީ ސްޓްރީމް ކުރާ ޕްރޮގްރާމްތަކަށް ވެސް އަމާޒުކޮށްފައިވާ ގާނޫނެކެވެ. ކުރީގެ ގާނޫނު ފިޔަވަޅު އަޅަނީ ހަމައެކަނި ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތްތަކާ ދެކޮޅަށެވެ.



advertisment