ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް، ކުރިން ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
ކުރީގެ ސީ.ޕީ އަލީ ސުޖާއު، އެޕްރީލް 26ގައި އިސްތިއުފާ ދެއްވުމުން، ނަވީން މިހާތަނަށް ހުންނެވީ އެކްޓިން ސީޕީގެ މަގާމުގައެވެ.
ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވައިފައެވެ.
ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާ އިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވައިފައެވެ.



advertisment