ހުސްވި އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ކާގޯ އެތެރެކުރެވުނު އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ސީއީއޯ މުހައްމަދު ވަޖީހު އެފް.ބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓެނަރައިޒް ކާގޯ ޖުމްލަ 66،638 (ޓީއީޔޫސް) މިދިޔަ އަހަރު އެތެތެކުރެވިފައިވާ އިރު، 150،692 (ފުރައިޓް ޓަންސް) ޖެނެރަލް ކާގޯ ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަރާ އަޅާބަލާއިރު، ކޮންޓެނެރައިޒް ކާގޯ %7 އަދި ޖެނެރަލް ކާގޯ %29 އިތުރު އަދަދެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"މީގެ ކުރިން މިރެކޯޑު ގާއިމް ކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަރު އެވެ. މިގޮތުން 2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައިވަނީ، 63002 ކޮންޓެއިރ (ޓީއީޔޫސް) އާއި 123،669 ޖެނެރަލް ޖާގޯ (ފުރައިޓު ޓަންސް) އެވެ. އަދި 2019 ވަނަ އަހަރުވެސް މާބޮޑު ތަފާތެއް އައިސްފަކާ ނުވެއެވެ. ވޭތުވެ ދިޔަ ފަސް އަހަރަށް ބަލާއިރު، ކޮވިޑުގެ ދެ އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ. އެއިގެ މާނަ އަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފާ ނުވާކަމެވެ. ނަމަވެސް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން، ކަށަވަރުކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރު ތަކާ އަޅާ ބަލާއިރު ބޮޑުތަނުން އިތުތު ވެފައިވާ ކަމުންނެވެ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅު ތަކުގެ ގިނަ ޕޮރޮޖެކުޓު ތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރި އެރުމެއް މިއަހަރު ލިބިގެން ދާނެކަން ޔަގީނެވެ. އަދި މި ކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށްބޮޑު ތަނުން އިތުރުވެގެންދާނެތީ، ޕޮރޮޖެކުޓު ތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖު ކުރުމަށްޓަކައި އެމްޕީއެލް އިން މިދަނީ ތައްޔާރު ވަމުންނެވެ."



advertisment

