Support Us

އޮބާމާ އާއި މިޝެލް ވަރިވަނީ؟

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް ވަރިވާން އުޅޭ ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ.

"ބަރަކް އާއި މިޝެލް ވަރިވާން އުޅޭ ކަމަށް އިހުތިރާމް ލިބިގެންވާ ބައެއް ނޫސްވެރިން އަހަރެންގެ ގާތުގައި ބުނި،" މެގަން މެކްކެއިން ބުންޏެވެ. މެގަންއަކީ ގާނޫނު ހަދާ މަޖިލީހުގެ ނިޔާވެފައިވާ މެންބަރު ޖޯން މެކްކެއިންގެ ދަރިފުޅެވެ.

ބަރަކް އާއި މިޝެލް ވަރިވާން އުޅޭ ކަމަށް ފުރަތަމަ އަޑުތައް ފެތުރެން ފެށީ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާ އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުތަކުގައި މިޝެލް ބައިވެރިވެ ވަޑައިނުގަތުމުންނެވެ. މި ދެ ރަސްމިއްޔާތުގައި ބަރަކް ބައިވެރިވެވަޑައިގަތީ ގިނިކަންޏާއެވެ.

މީގެ އިތުރުން މި ހަފުތާގައި ބަރަކް ވަނީ ގިނިކަންޏާ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވައިފައެވެ.

"ފްރެންޑްސް" ޓީވީ ސީރީޒްގެ ތަރި ޖެނިފާ އެނިސްޓަން (ވ) މިޝެލް އޮބާމާއާއެކު

މި ކަމުގައި އެމެރިކާގެ އެކި މީޑިއާއިން މި ވަގުތު ރިޕޯޓު ކުރަނީ އެކި ގޮތަށެވެ. އެ ގޮތުން ބައެއް ނޫސްތަކުން ބުނީ ބަރަކް ކުރިން ލޯބީގެ ގުޅުމެއް "ފްރެންޑްސް" ޓީވީ ސީރީޒްގެ ބަތަލާ ޖެނިފާ އެނިސްޓަންއާއެކު ބޭއްވެވި ކަމަށެވެ. އަދި މި ގުޅުން އަލުން އާ ކުރެއްވީ ކަމަށެވެ. ކުރިން ހޮލީވުޑްގެ ތަރި ބްރެޑް ޕިޓްއާ ކައިވެނިކޮށްގެން އުޅުނު ޖެނިފާ މި ދިޔަ އޮކްޓޫބަރު މަހު ބުނެފައިވަނީ ބަރަކްއާ ދިމާވެފައިވަނީ އެންމެ ފަހަރަކު ކަމަށެވެ.

"އަހަރެން ބޮޑަށް ދަންނަނީ މިޝެލް،" ބަރަކްއާ ލޯބީގެ ގުޅުމެއް ނެތްކަމަށް ބުނަމުން ޖެނިފާ ބުނެފައިވެއެވެ.

މިޝެލްގެ އުފަންދުވަހު މި މަހު 17 ގައި ބަރަކް ވަނީ އޭނާގެ ސޯޝަލް މީޑިއާއަށް މިޝެލްއާއެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ފޮޓޯ ލައްވައިފައެވެ. އެ ފޮޓޯއާއެކު ވާ ލިޔުންކޮޅުގައި ބަރަކް ވިދާޅުވެފައިވަނީ މިޝެލް ދެކެ ލޯބިވާ ކަމަށެވެ.

ފޮޓޯއިން ފެންނަނީ ބަރަކް އާއި މިޝެލް އަތުގައި ހިއްޕަވައިލައިގެން ތިއްބަވާ ތަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *