Support Us

ލަތާ މަންގޭޝްކަރުގެ އެންމެ ފަހު ބަސްކޮޅުގެ އަސަރުގަދަ!

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ އަޑަކީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ނޭޕާލުގެ ރައްޔިތުން އެކަތިގަނޑަށް ހަދައިދިން ރަން އަޑެކެވެ.

އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ 75 އަހަރުގެ ތެރޭގައި 14 ބަހަކުން 50،000 ލަވަ ލަތާ ކިޔައިފައިވާ ކަމަށެވެ.

އުމުރުން 92 އަހަރުގައި، 2022 ގައި ލަތާ މަރުވީ ކޮވިޑް-19 ގައި ނިއުމޯނިއާ ޖެހިގެންނެވެ. އެކި ގުނަންތައް ފޭލިވެގެންނެވެ.

މި ބަލައިލަނީ ހަޔާތުގައި ލަތާ ބުނި އެންމެ ފަހު ބުނުންތަކަށެވެ. އެއީ އިބުރަތުން ފުރިފައިވާ ބުނުންތަކެކެވެ.

ހޮސްޕިޓަލު ތެރޭގައި ހިނގުމަށް ލަތާ މަންގޭޝްކަރަށް ޑޮކްޓަރަކު އެހީވަނީ
  • މަރުވުމަށްވުރެ ބޮޑު ހަގީގަތެއް މި ދުނިޔެއަކު ނުވެއެވެ.
  • އަހަރެންގެ ގަރާޖުގައި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ކާރު އެބައޮތެވެ. އެކަމަކު އަހަރެން ލާން ޖެހުނީ ފުރޮޅުލީ ގޮނޑިއަކަށެވެ!
  • ދުނިޔޭގެ އެންމެ މޮޅު އަދި ރީތި ޑިޒައިންތަކާއި ކުލަތަކުގެ އަގުބޮޑު އަންނައުނާއި ފައިވާނާއި ބޫޓާއި ގަހަނާ އަހަރެންގެ ގޭގައި އެބަހުއްޓެވެ. އެކަމަކު އަހަރެންނަށް މި ލާން ޖެހުނީ ހޮސްޕިޓަލުން ދިން އާދައިގެ ކުރު ހެދުންބުރިއެކެވެ!
  • އަހަރެންގެ ބޭންކް އެކައުންޓްގައި ހުރީ އަހަރެންނަށް ބޭނުން ކެނޑިފައިވާ ފައިސާއެވެ.
  • އަހަރެންގެ ގެއަކީ އަހަރެންނަށް ގަނޑުވަރެއް ފަދަ ތަނެކެވެ. އެކަމަކު އަހަރެން މި އޮންނަނީ ހޮސްޕިޓަލްގެ ކުޑަ އެނދެއްމަތީގައެވެ.
  • ދުނިޔޭގެ ފަސް ތަރީގެ ހޮޓާތަކުގައި އަހަރެން ބުރުޖެހީމެވެ. އެކަމަކު މިހާރު އަހަރެން ބުރުޖަހަމުން މި ދަނީ ހޮސްޕިޓަލްގެ އެއް ލެބޯޓްރީން އަނެއް ލެބޯޓްރީއަށެވެ!
  • އެއް އިރެއްގައި އަހަރެންގެ އިސްތަށިގަނޑު ސްޓައިލްކުރަން ކޮންމެ ދުވަހަކު ހަތް މީހުން މަސައްކަތްކުރިއެވެ. އެކަމަކު މިއަދު އަހަރެންގެ ބޮލުގައި އިސްތަށްޓެއް ނެތެވެ.
  • ދުނިޔޭގެ ފަސް ތަރީގެ އެތައް ހޮޓަލަކުން އަހަރެން ކައިބޮއެހެދީމެވެ. އެކަމަކު މިއަދު އަހަރެންގެ ކެއުމަކީ ދުވާލަކު ދެ ބޭސްގުޅަ އާއި ރޭގަނޑު ލޮނުކޮޅެކެވެ.
  • ތަފާތު ފްލައިޓްތަކުގައި ދުނިޔެ ވަށާ އަހަރެން ދަތުރުކުރީމެވެ. އެކަމަކު މިއަދު އަހަރެން ހޮސްޕިޓަލްގެ ފެންޑާގެ ތެރެއިން ގެންދެވެނީ ދެ މީހެއްގެ އެހީގައެވެ.
  • ހިދުމަތް ދޭ އެއްވެސް ތަނަކުން އަހަންނަށް ދެވޭނެ ހިދުމަތެއް މިއަދަކު ނެތެވެ. ނަމަވެސް އެއްވެސް ކަމެއް އަހަރެން ދޫކޮށެއްނުލާނަމެވެ. އަހަރެން މި ދިރިހުންނަނީ އަހަރެން ދެކެ ލޯބިވާ މީހުންގެ ދުއާގެ ސަބަބުންނެވެ. ހަޔާތަކީ މިއެވެ.
  • ކިތައްމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވިޔަސް، ތިބާ މި ދުނިޔެ ދޫކޮށް ދާނީ ހުސްއަތާއެވެ. މިހެންވެ، ތިބާއަށް އެހީތެރިވެވިދާނެ މީހުންނަށް ހިތްހެޔޮކޮށް ހިތާ، އެހީވެދޭށެވެ. ފައިސާ އާއި އާރާއިބާރުގެ ތަރާދުން އިންސާނުން މިނެނުކިރާށެވެ.
  • ރަނގަޅު މީހުން ދެކެ ލޯބިވާށެވެ. ތިބާއަށް އެހީވާ މީހުން ދެކެ ތިބާ ލޯބިވާށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުދޭށެވެ. ރަނގަޅު މީހަކަށް ވާށެވެ. އެއީ ތިބާއަށް ވެސް އެންމެ ރަނގަޅުވާނެ ގޮތެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *