އޮސްކާ އެވޯޑު ލިބިފައިވާ އޮސްޓްރޭލިއާގެ ބަތަލާ ކޭޓް ބްލޭންޗެޓު އޭނާގެ އެންމެ ފަހުން ނުކުތް ފިލްމް "ބޯޑާލޭންޑްސް"ގެ ފޭނުން ބޭއްވި ހަފުލާއަކަށް 102 ސަމްސަލުން ހަދައިފައިވާ ހެދުމެއް ލައިގެން ހިނގައްޖެއެވެ.
މި ހެދުން ތައްޔާރުކޮށްދިނީ ސްވިޑްންގެ ފެޝަން ޑިޒައިނަރު އެލެން ހޮޑަކޮވަ ލާސަންއެވެ. އޭނާ ބުނީ ބޭނުމަކީ "ދުނިޔޭގެ އެންމެ ފުރަތަމަ ދެމެހެއްޓެނިވި ފެޝަން ކުންފުނި ގާއިމު"ކުރުން ކަމަށެވެ.
"ކުނިބުނިން ސަލާމަތްވެ، އަދި އެތައް ދުވަހަކު ދެމިހުންނާނެ ފަދަ ފެޝަންތައް ތައާރަފުކުރުން ބޭނުމަކީ،" އެލެން ސީ.އެން.އެން.އަށް ފޮނުވި ބަޔާނެއްގައި ބުންޏެވެ.
ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތްތަކަށް ހިތްވަރު ދިނުމަކީ ކޭޓް ވެސް ތަރުހީބު ދޭ ކަމެކެވެ. އެ ގޮތުން އާއްމު ގޮތެއްގައި ހޮލީވުޑްގެ ތަރިން އެއް ހަފުލާއަށް ލައިގެންދާ ހެދުން އެހެން މެހެފިލަކަށް ދާން ނުލައިއިރު، އެއާ ހިލާފަށް އެއް ހެދުމެއް ލައިގެން އެތައް ހަފުލާއަކަށް ކޭޓް ދެއެވެ. އެ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ކޭޓް ވަނީ ފެޝަން ޑިޒައިނަރު އެލެކްސެންޑާ މެކްކުއީން ތައްޔާރުކޮށްދިން ހެދުމެއް ލައިގެން ދެ ހަފުލާއަކަށް ގޮސްފައެވެ.
އޮސްޓްރޭލިއާގެ ސިޑްނީ ތިއެޓާ ކޮމްޕެނީގެ އާޓިސްޓިކް ޑައިރެކްޓަރުގެ މަގާމުގައި 2010 ގައި ކޭޓް ހުރިއިރު އޭނާ ވަނީ އެ ތިއެޓަރުގެ ފުރާޅުގައި އަވިން ހަކަތަ އުފައްދައިދޭ ސޯލާ ޕެނަލް ހަރުކޮށްފައެވެ.

ކޭޓްގެ މި 102 ސަމުސަލުން ހަދައިފައިވާ ހެދުމަކީ ބަދިގޭ ސާމާނުން ހެދި ފުރަތަމަ ހެދުމެއް ނޫނެވެ. އިނގިރޭސި ވިލާތުގައި މިދިޔަ އަހަރު އޮތް ފެޝަން ޝޯއަކަށް ތުރްކިޔެގެ ފެޝަން ޑިޒައިނަރު ދިލާރާ ފައިންދިކުގްލޫ ވަނީ ވަޅިތަކެއް ލައިގެން ހެދުމެއް ތައްޔާރުކޮށްފައެވެ. މި ހެދުން ފަހުން ލީ ތަރިންގެ ތެރޭގައި އެމާ ކޮރިން އަދި ހަރީ ނެފް ހިމެނެއެވެ.
އިއްޔެ ނުކުތް ފިލްމް "ބޯޑާލޭންޑްސް"އަކީ ގޭމަކަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ. ކޭޓް މި ފިލްމްގައި ކުޅެނީ ލިލިތު ނަމަކަށް ކިޔާ ޝަހުސިއްޔަތެއް ރޯލެވެ. ފިލްމްގައި ދައްކަނީ ގެއްލިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން މަސައްކަތްކުރާ ގޮތެވެ.



advertisment