Support Us

ނާރެސް ޕޯޓަލް އަދި އޮޕަރޭޝަން ކުރަނގި-2 ތައާރަފްކޮށްފި

އައިޑީކާޑުގެ ހިދުމަތް ކައުންސިލްތަކުން ފޯރުކޮށްދިނުމަށްޓަކައި އަލަށް ތައާރަފްކުރާ "ނާރެސް" ޕޯޓަލް އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ބެހޭ މައުލޫމާތު ދެނެގަތުމަށްޓަަކައި އެކުލަވާލާފައިވާ އޮޕަރޭޝަން ކުރަނގި-2 މިރޭ ތައާރަފްކޮށްފި އެެވެ.

މި ދެ ހިދުމަތަކީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ބެލުމުގެ ދަށުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ދެ ހިދުމަތެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ނާރެސް ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ނާރެސް ޕޯޓަލްއާ ބެހޭ މައުލޫމާތު ދެެއްވަމުން ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒު ޔޫސުފް އަބްދުލްގަފޫރު ވިދާޅުވީ އަލަށް ތައާރަފްކުރާ "ނާރެސް" އެޕްގެ ސަބަބުން އައިޑީކާޑު ހެދުމަށް ކައުންސިލްތަކާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅުވާލެވޭނެ ކަަމަށެވެ.

"އައިޑީކާޑުތައް ހުށަހެޅުމަށް ކައުންސިލްތަކުން ހުއްޓިފައި އޮތް އޮތުން ކައުންސިލްތަކުން ސިދާ ކާޑު ޔުނިޓާ ދެމެދު ހުށަހެޅުމުގެ ފުރުސަތު ހުޅިވިގެންދާނެ. އޭގެ އިތުރުން ކާޑުތަކުގެ އަޕްޑޭޓް ކައުންސިލްތަކުން ސީދާ ބަލާލުމުގެ ފުރުސަތު މި ނާރެސްގެ ސަބަބުން މެދުވެރިވެގެންދާނެ،" އަބްދުއްގަފޫރު ވިދާޅުވި އެވެ.

ނާރެސް ބޭނުން ކުރާނެ ގޮތާއި ނާރެސް ބޭނުން ކޮށްގެން ކާޑު ޔުނިޓާ އެކު ކަންކަން ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކައުންސިލްތަކަށް މައުލޫމާތު ދިނުމާ ބެހޭ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގައި ހަ އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭ މެޝިން ކައުންސިލްތަކާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫސުފް އަބްދުއްގަފޫރު ވިދާޅުވީ ކަައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ކާޑު ޕްރިންޓް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށާއި އަންނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑުގެ ހެދޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ.

ކުރަނގި-2 އަދި ނާރެސްގެ އިތުރުން މިރޭ ސޮއިކުރެވުނު ފަހުމްނާމާގެ ސަބަބުން ރައްޔިތުންނަށް ދަތިވެފައިވާ ވަރަށް ގިނަ ކަންތައްތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ހޯމް ލޭންޑް މިނިސްޓްރީ އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓްރީ ދެމެދުގައި ފަހުމު ނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި ފަހުމްނާމާއަކީ ގާނޫނުތައް ތަންފީޒުކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލްތަކާ ގުޅިގެން ރާވާ ހިންގުމާ ބެހޭ ފަހުމް ނާމާއެކެވެ. މި ފަހުމް ނާމާގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާން އެވެ. އަދި ސިޓީތަކާއި އިދާރާ ދާއިރާތަކާ ބެހޭ މިނިސްޓަރ އާދަމް ޝަރީފް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *