މިއަދު ހަވާލުކުރި 19 އެމްބިއުލާންސާއެކު، ރަށްރަށުގެ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ގެންނަ ޖުމްލަ 96 އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ރާއްޖެ ގެނެސްދޭން މިދިޔަ އަހަރުގެ ޖޫން 10ގައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމީޔާތެއްގައި، ފަސް ވަނަ އަދި އެންމެ ފަހު ބުރުގެ އެމްބިއުލާންސްތައް ރަސްމީކޮށް ހެލްތު މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާ ހަވާލުކޮށް ދެއްވީ އެސްޓީއޯގެ އެމް.ޑީ ހުސެއިން އަމްރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމު ވިދާޅުވީ އެމްބިއުލާންސްތަކަށް ފައިސާ ދެއްކުމަށް އެސްޓީއޯ އިން ތިން އަހަރުގެ މުއްދަތެއް ސަރުކާރަށް ދީފައިވާ ކަމަށެވެ.

ނަސީމު އަދި ވިދާޅުވީ މިއަދު ހަވާލުކުރި 19 އެމްބިއުލާންސް ވެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެސްޓީއޯއިން ކަމަށާއި އަދި އެކި ރަށްރަށުގައި ހުރި ބާ އެންބިއުލާންސްތައް އަނބުރާ މާލެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދޭނީ ވެސް އެސްޓީއޯ އިން ކަމަށެވެ.
Marking the successful completion of ambulance handover project under MOU signed with @MoHmv. A total of 96 ambulances were handed over.
We thank everyone who was involved. A special thanks to #TeamSTO for sucessfully executing such a project. pic.twitter.com/AgSS78kJmQ
— STO (@stoplc) April 26, 2022
ޓޮޔޯޓާ ބްރޭންޑް މި އެމްބިއުލާންސްތައް ގެނައުމަށް އެސްޓީއޯއާ ހަވާލުކުރީ ކިހާ ފައިސާއަކަށް ކަމެއް ނޭނގެއެވެ. އަދި މި ފަހަރުގެ އެމްބިއުލާންސް ފޮނުވަން ނިންމައިފައި ވަނީ ކޮންކޮން ރަށްތަކަކަށް ކަމެއް ވެސް އަދި ނޭނގެއެވެ.
@stoplc މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްރަށަށް ފޯރުކޮށްދިނުމަށް ގެނެވުނު 96 އެމްބިއުލާންސް މިނިސްޓްރީ އާއި ހަވާލުކޮށް ނިންމުމުގެ ރަސްމިއްޔާތު pic.twitter.com/upASoJsgWE
— Ministry of Health (@MoHmv) April 26, 2022



advertisment

