Support Us

100 މީހުންނަށް އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން އިކޮނޮމިކް މިނިސްޓްރީއާއެކު ސޮއިކޮށްފި

ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ އެކު ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެޕްރެންޓިސްޝި ޕްރޮގްރާމްގެ ދަށުން 100 ބައިވެރިންނަށް ފުރުސަތު ހުޅުވައިލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ލެވެލް ތިނެއްގެ ސަނަދު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި ފަހުމުނާމާގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ. އެޗްޑީސީގެ ފަރާތުން، މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

ނޭޝަނަލް ލެވެލް 3ގެ ސަނަދު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
• ގާޑެނިންގ
• މޭސަން
• ވެލްޑިންގ
• އެސިސްޓެންޓް ސައިޓް ސުޕަވައިޒަރ ފޮ ބިލްޑިންގ ކޮނަސްޓްރަކްޝަން
• އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނެންސް
• ހެވީ ވެހިކަލް އޮޕަރޭޓަރސް
• ޕްލަމްބިންގ
• ބިލްޑިންގ މެއިންޓެނެންސް
• ކާޕެންޓްރީ
• ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް

"މި ކޯޕަރޭޝަންގެ އަމާޒަކީ ކުރިމަގުގައި ވީހާވެސް ގިނަ ހިދުމަތްތެރި ފަންނީ ޒުވާނުން ބިނާކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ." އެޗްޑީސީން ބުނެއެވެ.