ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން 10،000 ޔޫރޯ ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް އިއްޔެ ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އާއި 37 އަހަރާ ދެމެދުގެ މީހުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ފައިސާތައް ހޯދުމަށް ފުލުުހުން ކުރި މަސައްކަތުން 10،000 ޔޫރޯ ހޯދައި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައި ކަމަށެވެ. ނަމަވެސް، ފައިސާތައް ހޯދީ ކޮންތާކު ހުއްޓައި ކަމެއް ފުލުހުން ނުބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment