Support Us

ފަހުން ފައިސާ ދައްކާނެ ކަމަށް ބުނެ ހިކި ކިރު ޕެކެޓްތަކެއް ފިހާރައަކުން ނެގި މީހަކު ހޯދަނީ

ފަހުން ފައިސާ ދައްކާނެ ކަމަށް ބުނެ ހުޅުމާލެ ފިހާރައަކުން ހަ ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކައިފައިނުވާ މައްސަލައަކާ ގުޅިގެން  މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ހުޅުމާލެ، ބިގް ސީ ފިހާރައިން ޖޫން 9 ވަނަ ދުވަހުގެ ވަގުތެއްގައި، ފަހުން ފައިސާ ދައްކާނެ ކަމަށް ބުނެ ހަ ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކައިފައިނުވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކިރު ޕެކެޓްތަކެއް ނަގައިގެން ފިހާރައިގެ ކައުންޓަރަށް ގެންގޮސްގެން އެތާ އޭނާ ހުއްޓާ ފެނެއެވެ.

"ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް