Support Us

ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ވައްކަންކުރި މީހަކު ހޯދަނީ

ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ "2021 ޖޫން 09 ވަނަ ދުވަހުގެ ވަގުތެއްގައި ފަނޑިޔާރު މަގުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް" ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ތަޅުދަނޑި ޖަހައިގެން ސައިކަލްގެ މަޑިދަށް ހުޅުވައިގެން އެ މީހާ އެއްޗެއް ނަގާތަން ފެނެއެވެ. އަދި އެ އެއްޗެއް ނެގުމަށްފަހު މަޑި ލައްޕާފައި ތަޅުދަނޑި ނަގާތަން ވެސް ފެނެއެވެ.

"ވީމާ މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 489048 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް