ހދ. ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް އަރައިފައި ހުރި މުދާ އުފުލާ ދޯނީގައި ޓަގު ބޯޓެއް ޖަހައިގެން މިއަދު މެންދުރު ފުންކޮށްފިއެވެ.
ދޯންޏެއް ބަނުމަށްޓަކައި ހއ. ވަށަފަރުންނާއި ހއ. ފިއްލަދޫން ލަކުޑި ބަރުކޮށްގެން އެ ރަށަށްދިޔަ 90 ފޫޓުގެ "އަލިސާފު" ދޯނި، ނޮޅިވަރަންފަރު ކަނޑިންމައިގެ އިރުމަތީ ފައިކަށި ކައިރިއަށް އެއީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 7.30 ހާއިރުއެވެ. ދޯނި ފުންކުރެވޭތޯ ރަށުގެ ވެރިންނާއި ގިނަ ބަޔަކު މޫދަށްއެރިގެން ވެސް މަސައްކަތްކުރިއެވެ.
އަދި އިއްޔެ ހެނދުނު ވަނީ ކޮޅުވެއްޓިއަކާއި އެހެން ދޯންޏެއް ގޮސް ކަފު ޖަހައިގެން ވެސް ދޯނި ދަމަން އުޅެފައެވެ. ނަމަވެސް ދޯނި އަރައިފައި ހުރިލެއް ބޮޑުކަމުންނާއި އެކަށީގެންވާ ވާވެލާވެލި ނެތުމާއި ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. ދޯނި ފުންކުރީ މާލެއިން ޓަގު ބޯޓެއް މިއަދު ހެނދުނު ދިއުމުންނެވެ.
"އަލިސާފު" ދޯނި މިހާރު އޮތީ ނޮޅިވަރަންފަރު ފަޅުގައެވެ.

ޓަގު ބޯޓު ޖަހައިގެން ދޯނި ފުންކުރުމުގެ މަސައްކަތް މިއަދު ކުރަނީ -އަދިވެސް ފޮޓޯ: އަބްދުﷲ މުއާޒު



advertisment