10.30: ހދ. ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް ރޭ އިރާކޮޅު އެރި މުދާ އުފުލާ ދޯނި، ފަރުމަތީގައި އޮންނަތާ 12 ގަޑިއިރު ވީއިރުވެސް އަދިވެސް ފުން ނުކުރެވޭ ކަމުގައި އެ ރަށުން މައުލޫމާތު ލިބިއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ކައިރީގައި އޮންނަ ރަށުން ވާހަކަ ދެއްކި ފާއިޒާ ދެންމެ ބުނީ ދޯންޏެއް ބަނުމަށްޓަކައި ލަކުޑި ބަރުކޮށްގެން އެ ރަށަށްދިޔަ 90 ފޫޓުގެ "އަލިސާފު" ދޯނި، ނޮޅިވަރަންފަރު ކަނޑިންމައިގެ އިރުމަތީ ފައިކަށި ކައިރިއަށް އެއީ ރޭ 7.30 ހާއިރު ކަމަށެވެ.
ދޯނި ފުންކުރުމަށް އެ ވަގުތުއްސުރެ މަސައްކަތް ކުރި ނަމަވެސް، މިއަދު ހެނދުނު 10 ޖެހިއިރުވެސް ދޯނި ފުނެއް ނުކުރެވެއެވެ. ދޯނި ފުންކުރެވޭތޯ ރަށުގެ ވެރިންނާއި ގިނަ ބަޔަކު މޫދަށްއެރިގެން ރޭ ވެސް މަސައްކަތްކުރިއެވެ. އަދި މިއަދު ހެނދުނު ވަނީ ކޮޅުވެއްޓިއަކާއި އެހެން ދޯންޏެއް ގޮސް ކަފު ޖަހައިގެން ވެސް ދޯނި ދަމަން އުޅެފައެވެ. ނަމަވެސް ދޯނި އަރައިފައި ހުރިލެއް ބޮޑުކަމުންނާއި އެކަށީގެންވާ ވާވެލާވެލި ނެތުމާއި ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
"ހިޔެއްނުވޭ ފަސޭހައިން ފުންވާނެހެނެއް. މާ ބޮޑަށް އަރައިފައި ހުރީ،" ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ބުންޏެވެ.

ކޯސްޓްގާޑުގެ ލޯންޗެއްވެސް މިއަދު ހެނދުނު އެ ތަނުގައި އެބައުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.
"އަލިސާފު" ދޯނީގައި ތިން ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
ހދ. ނޮޅިވަރަންފަރު ނެރުގެ ފައިކައްޓަށް ރޭ އިރާކޮޅު އެރި މުދާ އުފުލާ ދޯނި ފުންކުރުމުގެ މަސައްކަތްކުރަނީ. ވީޑިއޯ: ލަވްލީ pic.twitter.com/VQ4uiN47JY
— Intey2020 (@intey2020) July 5, 2021



advertisment