Support Us

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ފޮޓޯ ނެގުމަށްޓަކައި މީހަކު ހަރަކާތްތެރިވަނީ. -އަދިވެސް ފޮޓޯ

ފްލެޓު ލިބުނު މީހުންނަށް ފްލެޓްތައް ދެއްކުން އަންނަ ހޮނިހިރުގައި ފަށަނީ

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި ޢިމާރާތްކޮށްފައިވާ ފުލެޓަށް ހޮވިފައިވާ މީހުންނަށް ފުލެޓު ދެއްކުން އަންނަ ހޮނިހިރުގައި ފަށާ ގޮތަށް ހަމަޖައްސައި، ތާވަލެއް އިއުލާންކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ 6,720 މީހުނަށް 26 ޖޫން އިން ފެށިގެން 4 ޖުލައިގެ ނިޔަލަށް ފުލެޓުތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

ފުލެޓު ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުމުގައި އަމަލްކުރާނެ އުސޫލު ވެސް އެޗް.ޑީ.ސީން ވަނީ ކަނޑައަޅައިފައެވެ.

ފުލެޓު ދެއްކުމުގެ ކަންތައް ކުރިއަށް ގެންދާނެ އުސޫލް

1. ފުލެޓުތައް ދެއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ 4 ދަންފަޅިއަކަށް ބަހާލައިގެން
2. ކޮންމެ ފުލެޓަކުންވެސް، ފުލެޓު ބެލުމުގެ ފުރުޞަތު ދެވޭނީ ގިނަވެގެން 2 ފަރާތަށް

  • ފުލެޓު ބަލަން އަންނަ 2 (ދޭއް) ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެނައުން
  • ފުލެޓު ބަލަން ވެރިފަރާތަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން، ވެރިފަރާތުގެ އައި.ޑީ ކާޑުގެ ސާފު ފޮޓޯއެއް ގެނައުން
  • ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން "ފުލެޓު ބަލަން އަންނަ ފަރާތްތަކުގެ ހާޒިރީ"ގައި ނަން ނޯޓުކޮށް ސޮއިކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އަމިއްލަ ގަލަން ފަދަ ތަކެތި ގެންނަންވާނެ

އެޗް.ޑީ.ސީން ބުނީ މި ހުޅުވާލެވޭ ފުރުޞަތުގައި ފުލެޓު ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފުލެޓު ދެއްކުން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ހަވާލުކުރާ ދުވަހު ކަމުގައެވެ.

"އިސްވެދެންނެވުނު ފަދައިން މި ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަޤުޞަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި، ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުޞަތު ދިނުމެވެ. އަދި މިއީ ނިސްބަތުން ގިނަ އަދަދެއްގެ ފުލެޓުތަކެއްކަމުން، މި ފުލެޓުތައް ދެއްކުމުގެ މަސައްކަތް ކުރުމަށް މި ކޯޕަރޭޝަނުން ވާނީ، މިކަމަށް ހާއްޞަކޮށްގެން އިންޓާރން މުވައްޒަފުންތަކެއް ނަގާފައެވެ. އެހެންކަމުން، ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދާރީނުވެވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަމެވެ. ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކޮށް ފުލެޓާއި ހަވާލުވާން ހާޒިރުރިވާއިރު މިފަދަ ސުވާލުތަކަށް ޖަވާބުދާރީވުމަށް އެންމެ ފުރިހަމަ ތައްޔާރީވާނޭ ކަމުގައި ޔަޤީންކަންއަރުވަމެވެ." އެޗް.ޑީ.ސީން ބުންޏެވެ.

ހުޅުމާލޭ ފޭސް-2 އަކީ މެދުނުކެނޑި ކޮންސްޓްރަކްޝަން މަސައްކަތް ހިންގަމުންދާ ތަނެއް ކަމަށާއި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 16 ޓަވަރު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތާއި، މި ޓަވަރުތަކުގެ ބައެއް ނުނިމި ހުރި މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުން ކަމުގައި އެޗް.ޑީ.ސީން ބުނެއެވެ.

"މިގޮތުން، ފުލެޓު ބެލުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައިވެސް މި މަޝްރޫޢުގެ ކޮންޓްރެކްޓަރުން މި ސަރަޙައްދާއި، ޓަވަރުތަކުގެ ތެރޭ ހަރަކާތްތެރިވަމުން ދާނޭ ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ކޮވިޑް-19ގެ މިހާލަތުގައިވެސް، ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާއެކު، ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފުލެޓު ބެލުމުގެ ފުރުޞަތު ހަމަޖައްސާފައި މިވަނީ، މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއް ކަމަށްވެފައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފުލެޓު ބަލައިލުމުގެ ފުރުޞަތު ދިނުމަށް އެދި ގިނަ އަދަދެއްގެ ބައެއް މިކޯޕަރޭޝަނަށް ހުށަހަޅަމުންދާތީއެވެ."

ހިޔާ މަޝްރޫޢުގެ މަޢުލޫމާތުތައް ވީހާވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތަޢާރުފު ކުރުމަށް ހަމަޖެހިފައިވާ އޮފިޝަލް ވައިބަރ ކޮމިއުނިޓީ މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. އަދި މި ވައިބަރ ކޮމިއުނިޓީ މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫޢުއާ ގުޅޭ މަޢުލޫމާތުތައް ހިއްސާ ކުރެވިގެންދާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. މި ވައިބަރ ކޮމިއުނިޓީގެ ރަސްމީ ނަމަކީ "Hiya 7000 official" އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް