Support Us

ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ތަކެތި އެމް.ޑީ މުޣުނީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލާ ހަވާލުކުރައްވަނީ -ފޮޓޯ: ސްޓެލްކޯ

އެޗްއީއޯސީގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް ސްޓެލްކޯއިން ހަދިޔާދީފި 

ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަންކޮށް ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން މިއަދު ހަދިޔާދީފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު، މިއަދު ވަނީ އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުންނަށް ބައެއް ތަކެތި ހަދިޔާކޮށްފައި ކަމަށެވެ. ސްޓެލްކޯ އިން ހަދިޔާކޮށްފައި ވަނީ އެޗްއީއޯސީގައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ބޭނުންކުރާނެ ލުއިބުއިމާއި ލުއި ކާނާގެ ބާވަތްތަކެކެވެ.

ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ތަކެތި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލާ ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ކުޑަ ރަސްމީޔާތެއްގައި، ސްޓެލްކޯގެ އެމް.ޑީ ހަސަން މުޣުނީއެވެ.

"އެ ފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު. ޝުކުރިއްޔާ!" ސްޓެލްކޯގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް