Support Us

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓް: -އަދިވެސް ފޮޓޯ: އިސްމާއިލް މާޒިން

ހިޔާ ފުލެޓުގެ އެއްބަސްވުން ބަލައިލާން ބޭނުންތަ؟

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓުގެ އެއްބަސްވުމުގެ ޑްރާފްޓް، ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އާންމުކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ އެންމެހައި ކަމެއް ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ނިސްބަތުން ބޮޑު މަޝްރޫޢުއެއް ކަމުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމެއް ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް 40 ސަފުހާގެ އެއްބަސްވުމުގެ ޑްރާފްޓް އެޗް.ޑީ.ސީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.

"ނަމަވެސް، ޝާޢިއުކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް އިތުރު ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުން، މި ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭނަމަ، އެކަން އިޢުލާނުކުރުމަށްފަހު މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އަލުން ޝާއިޢުކުރެވޭނެއެވެ." އެޗް.ޑީ.ސީން ބުންޏެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުން:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް