އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ބަންގްލަދޭޝްގެ މީހަކު ހޯދަން އޭނާގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
ފުުހުންގެ ވެބްސައިޓުގައި ބުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގައި ވާގޮތުގެ މަތިން ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އެމް.ޑީ އިދްރީސް، 34، އަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުުހުންގެ ނޯޓިސް:
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ބަނގުލަދޭޝް، އެމް.ޑީ އިދްރީސް (34އ)
ޕާސްޕޯޓު ނަންބަރު: C1497280
ހާޒިރުކުރެވޭ ހައިސިއްޔަތު: ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 10:00 އަށް



advertisment