Support Us

ސައުތު އޭޝިއަން އޮންލައިން ލިޓްރަރީ ކޮންފަރެންސްގައި ޢާއިޝަތު ޙުސައިން މަނިކު ބައިވެރިވެވަޑައިގަންނަވަނީ

ނިއު ދިއްލީގައި ބޭއްވި ޅެންވެރިންގެ ބަހާރުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އިންޑިއާގެ ނިއު ދިއްލީގައި މި މަހު ބޭއްވި ސައުތު އޭޝިއަން އޮންލައިން ލިޓްރަރީ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

"ފައުންޑޭޝަން އޮފް ސާކު ރައިޓަރސް އެންޑް ލިޓްރޭޗަރ"ގެ ފަރާތުން މި މާރިޗު މަހުގެ 15 އިން 18 އަށް، ޒޫމް މެދުވެރިކޮށް ބޭއްވި މި ކޮންފަރެންސްގައި އެ ޤައުމެއްގެ ޅެމާއި ވާހަކަ ފަދަ ތަކެތި ލައިވްކޮށް ހުށަހަޅައިދީފައިވެއެވެ. މި ކޮންފަރެންސުގައި ޅެން ހުށަހެޅުމާއި ފިކްޝަން ހުށަހެޅުން ކުރިޔަށް ގެންދިޔައީ އެންމެންނަށް އެނގޭ ގޮތަށް އިނގިރޭސި ބަހުންނެވެ.

މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ޕާކިސްތާނު، ބޫޓާން، ނޭޕާލު، ބަންގުލަދޭޝް އިން 120 އަށްވުރެ ގިނަ ޅެންވެރިންނާއި ލިޔުންތެރިން ބައިވެރިވެ ތަފާތު ހުށަހެޅުންތައް ހުށަހަޅައިފައިވެއެވެ. މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީ ދިވެހި ޅެންވެރިންގެ އަދަބީ ޖަމްޢިއްޔާގެ ބާނީ އަދި ރައީސާ ޢާއިޝަތު ޙުސައިން މަނިކެވެ. އޭނާ ވަނީ ދިވެހި އަދަބިއްޔާތުގެ ޅެމާއި އޭގެ ތަރުޖަމާ ހުށަހަޅުއްވައިފައެވެ.

އާއިޝަތު ޙުސައިން މަނިކު ވަނީ 2019 ވަނަ އަހަރު އޮކުޓޫބަރުމަހު ދިއްލީގައި އޮތް ސައުތު އޭޝިއާގެ އަށް ޤައުމުގެ ޕޮއެޓްރީ ފެސްޓިވަލެއްގައި ވެސް ރާއްޖެ ތަމްސީލްކުރައްވައިފައެވެ. އެ ފެސްޓިވަލުގައި ވެސް އޭނާ ވަނީ ދިވެހިބަހުން ޅެމާއި އޭގެ ތަރުޖަމާ ހުށަހަޅުއްވައިދެއްވައިފައެވެ. އަދި ޢައިޝަތު ޙުސައިން މަނިކު ލިޔުއްވި ޅެން ފޮތެއް ވެސް އެ ފެސްޓިވަލު އިންތިޒާމު ކުރެއްވި ސާކު ފައުންޑޭޝަނުގެ ފަރާތުން ޗެއަރޕާސަން ވަނީ ނެރެދެއްވައިފައެވެ. އަދި 2019 ވަނަ އަހަރުގެ ނޮވެމްބަރުގައި ޗައިނާގެ ތިރީގޯޖަސް ޔުނިވަރސިޓީގައި އޮތް އިންޓަރނޭޝަނަލް ޕޮއެޓްރީ ކޮންފަރެންސްގައި ވެސް ޢާއިޝަތު ޙުސައިން މަނިކު ބައިވެރިވެވަޑައިގެން ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމްއިއްޔާ ވަނީ ތަމްސީލުކޮށް ދެއްވައިފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *