Support Us

ގައުމީ ދުވަހާ ގުޅިގެން "އަދިވެސް" ލޯގޯގެ ޚާއްސަ ފަރުމާއެއް

ގައުމީ ދުވަހާ ގުޅިގެން "އަދިވެސް" އޮންލައިންގެ ލޯގޯގެ ޚާއްސަ ފަރުމާއެއް ތައާރަފުކޮށްފިއެވެ.

ގައުމީ ދުވަހަށް މި ޚާއްސަ ލޯގޯ ފަރުމާކުރެއްވީ ކުރެހުމާއި ލިއުމުގެ ފަރުމާގެ ފަންނުގައި ވަރަށް ކުޅަދާނަ ހުނަރުވެރިއެއް ކަމަށްވާ ފަރުހާދު އިބްރާހީމު، 41، އެވެ.

"އަދިވެސް"ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު މުހައްމަދު ޝަހީބު ވިދާޅުވި ގޮތުގައި ޤައުމީ އެކިއެކި މުނާސަބަތުތަކާއި ޢާލަމީ މުނާސަބަތުތަކާ ގުޅިގެން ލޯގޯއަށް ވަގުތީ ބަަދަލެއް ގެނައުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ކުރާކަމެކެވެ. އެ މުނާސަބަތަކަށް ބައިވެރިވުންދީ، އެކަމެއްގެ މާނަތަކާއި މަޤުޞަދުތައް ދިރުވުމަށްޓަކައެވެ.

މި ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި ގައުމީ ދިދަ އާއި ކަޅުއޮއްފުންމިއެއް ހިމަނައިގެންނެވެ. ޤައުމީ ދިދައިން ރަމްޒުކޮށްދެނީ މާތްވެގެންވާ އިސްލާމްދީނާއި ޤައުމީ ތަރައްޤީއާއި ކުރިއެރުމާއި ޤައުމުގެ ރައްޔިތުންގެ ކެރުމާއި ޤައުމީ ބަޠަލުން ވެވަޑައިގަތް ޤުރުބާނީގެ ހަނދާންތަކެވެ. އަދި މުޖުތަމަޢުގައި އޮތް ބަދަހި ގުޅުމާއި ލޯތްބާއި މަވައްދަތެވެ. ކަޅުއޮއްފުންމިއަކީ ޤަދީމީ މިނިވަން ދިވެހިރާއްޖޭގެ އެންމެ ޚާއްޞަ އެއް ރަމްޒެވެ. އެއީ ދިވެހި ރާއްޖެއަށް ދައުލަތެއްގެ ނަންދެއްވައި ބޮޑެތި ކުރިއެރުންތައް ހޯއްދަވައިދެއްވި އަދި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކޮށްދެއްވި ޤާއިދުލްޢަޢްޡަމް މުޙަންމަދުތަކުރުފާނުގެ ހަނގުރާމަމަތީ މަނަވަރެވެ. ދިވެހި ދިދަ އުފެދުުގެ މާކުރީން ބޭނުންކުރެވުނު އެ އުޅަނދުގައި ނެގިފައި އެ ވަނީ ކުލަތައް ފުރިހަމަ ޒަމާނީ މިނިވަން ދިވެހި ދިދައެކެވެ. އުޅަނދުގެ ރިޔާ ހުރީ ވަޔަށް ފޮޅުވައިލައިފައެވެ. ފަޅުވެރީން ތިބީ ހޭލައެވެ. އޮޑި އޮތީ ހަލިދުވެލީގައެވެ.

"ވީމާ އަދިވެސްގެ އަވަސް ފޮންޓާއި ދިވެހި ދިދަޔާއި ކަޅުއޮއްފުންމިން އުފައްދާ މާނަތަކަކީ ދިވެހީންނަކީ އޭރު ވެސް މިހާރު ވެސް މިނިވަންކަމަށް ލޯބިކުރާ އާ ވިސްނުންތަކުގެ އީޖާދީ ބައެއްކަން. އެ މީހުންގެ އަމާޒު އެ މީހުންނަށް ފެނޭ. އެނގޭ. ދެމި ތިބުމަށް ޓަކައި ކަނޑާއި އަތްވާއި ވާރޭގައި އަބަދު މެ ހިންމަތްކުރާނެ،" ޝަހީބު ވިދާޅުވިއެވެ.

ފަނަރަ އަހަރާއި ހަ މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެ މަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ބޮޑުތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ. ޣާޒީ ބަންޑާރައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް