Support Us

އިންޑިއާ ސިފައިން ކަޝްމީރުގެ ތިން މީހަކު ބަޑިޖަހާ މަރާލައިފި

ކަޝްމީރުގެ ޝޯޕިއަންގައި އިންޑިއާ ސިފައިން، ކަޝްމީރުގެ ތިން މީހަކު ބަޑިޖަހާ މަރާލައިފިއެވެ.

މި ތިން މީހުންވެސް އިއްޔެގެ ވަގުތެއްގައި މަރާލާފައިވަނީ ދެ ފަރާތުންވެސް ބަޑި ޖަހަމުން ދަނިކޮށެވެ. މި ތިން މީހުންގެ މައުލޫމާތު ލިބިފައި ނެތަސް އެއީ ކަޝްމީރަށް ނިސްބަތްވާ ތިން މީހުން ކަމަށް އޮފިޝަލުން މައުލޫމާތު ދިނެވެ.

"މަރާލި ތިން މީހުންނަކީވެސް މިތާނގެ ރައްޔިތުން. އޭގެ ތެރއިން ދެ މީހުންނަކީ ހިޒްބުލް މުޖާހިދީން އަށް ނިސްބަތްވާ ދެ މީހުން. އަނެކަކަކީ އަލްބަދްރަށް ނިސްބަތްވާ މީހެއް،" އޮފިޝަލުން ބުންޏެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި އަންގާރަ ދުވަހު، ފުލުހުން އެ ތިން މީހުން ވަށާލުމަށްފަހު އަމިއްލައަށް ހައްޔަރު ވުމަށް އެމީހުންނަށް އެންގިއެވެ. ނަމަވެސް އެކަމާ އެމީހުން ދެކޮޅު ހެދުމުން ބަޑިޖަހާ މަރާލީއެވެ.

އިންޑިއާގެ ފުލުހުންނާއި ސިފައިން ގުޅިގެން ކަޝްމީރުގެ ދެކުނުގައި ވަނީ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އިންޑިއާ ފުލުހުން ކަޝްމީރުގައި ހިންގަމުން މިދާ އޮޕަރޭޝަން އަންގާރަ ދުވަހުގެ ރޭ މާ އަނދިރިކަމުން ހުއްޓާލި ނަމަވެސް މިއަދުގެ ހެނދުނު ވެސް އަނެއްކާ މަސައްކަތް ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *