Support Us

މިއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރި ކަމެއް: ގާސިމް

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާޙިމް ދާދި ފަހުން ކައިވެނި ބައްލަވައިގެން ޒުވާން ރާނިޔާ އަބްދުލްހަމީދާ ބެހޭ ގޮތުން މީސްމީޑިއާގައި ފަތުރަމުންދާ ފޮޓޯއާއި ލިއުންތަކަކީ ރާނިޔާ ބްލެކްމެއިލް ކުރަން ބަޔަކު ކުރި ކަމެއް ކަމަށް ވިދާޅުވެ އުމުރުން 21 އަހަރުގެ އަނބިކަނބަލުންގެ ދިފާއުގައި ގާސިމް ނުކުންނަވައިފިއެވެ.

ގާސިމާއި ރާނިޔާގެ ކައިވެންޏާ ގުޅިގެން، ރާނިޔާއާ ބެހޭ ތަފާތު ފޮޓޯތަކާއި ވާހަކަތައް މީސްމީޑިއާގައި ދަނީ ފަތުރަމުންނެވެ. ރާނިޔާއަކީ ވަރަށް "ހިތްހެޔޮ" ކުއްޖެއް ކަމަށް ބުނެވެސް ބައެއް ކަހަލަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

"ގާސިމް ރާނިޔާއާ އިނުމުން، ގާސިމްގެ އަގުވައްޓާލުމަށް މީޑިއާގައި ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ގާސިމް މިއަދު ކުރެއްވި ފުރަތަމަ ޓްވީޓުގައިވެއެވެ.


ދެ ވަނަ ޓްވީޓުގައި ގާސިމް ވަނީ ފޮޓޯތަކާއި ލިއުންތަކާ ބެހޭ ތަފްސީލް ދެއްވައިފައެވެ.


"މި ކަމަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިޔާގެ އެފް.ބީ އެކައުންޓް ހެކްކޮށްގެން އެ އެކައުންޓް ހެކް ކުރި މީހުން އުފައްދައިގެން އުޅޭ ލިއުމާއި ފޮޓޯ އެއީ. މިކަން އޭރުވެސް ޕޮލިހުންނަށް ވެސް އެނގިވަޑައިގަންނަވާނެ. މިއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރި ކަމެއް. އެކަމަކު އެކަން ވެސް ކާމިޔާބެއް ނުކުރެވުނު. އިންޝާ ﷲ."

އުމުރުން 69 އަހަރުގެ ގާސިމް، ހުސްވި ސެޕްޓެމްބަރު 29 ވަނަ ދުވަހުގޭ ރޭ ކައިވެނި ބައްލަވައިގަތް މާމިގިއްޔަށް އުފަން ރާނިޔާއަކީ ކުރިން މާމިގިލީ އެއަރޕޯޓުގައި ވަޒީފާ އަދާކުރި ޒުވާނެކެވެ. ގާސިމްގެ ހަތަރު ވަނަ އަނބިކަނބަލުންގެ ކައިވެނީގެ ހަފުލާ އޮތީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ ސަން އައިލެންޑު ރިސޯޓުގައެވެ.

ރައްޔިތުންގެ މަޖިލިސްގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމްގެ 14 ބޭފުޅުން ތިއްބަވައެވެ. ރާނިޔާގެ ކުރިން ގާސިމް ކައިވެނި ބައްލަވައިގަތީ ހއ. ހޯރަފުށީ އައިޝަތު ނަހުލާއާއެވެ. ނަހުލާ އަކީ ގާސިމްގެ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލީޝަން ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *