Support Us

އަމިއްލައަށް މަރުވުމަކީ ގަސްދުގައި މަރާލުމަށްވުރެ ކަންބޮޑުވާންޖެހޭ ކަމެއް: ޕްރަސޫން

އަމިއްލައަށް މަރުވުމަކީ ގަސްދުގައި މަރާލުމަށްވުރެ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފިލްމީ ތަރި ސުޝާންތް ސިންގްގެ މަރުގެ މައްސަލައިގައި ލިޔުންތެރިޔާ ޕްރަސޫން ޖޯޝީ ބުނެފިއެވެ.

މީގެ ކުރިން ސުޝާންތްގެ މަރުގެ މައްސަލައިގައި އެއްވެސް ބަހެއް ބުނެފައި ނެތް ނަމަވެސް ޕްރަސޫން މިހެން ބުނީ ހުކުރު ދުވަހު އޭ.އައި.އައި.އެމް.އެސް އިން ނެރުނު ފޮރެންސިކް ރިޕޯޓުގައި، ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް ބުނެފައި އޮތުމުންނެވެ.

"އަމިއްލައަށް މަރުވުމަކީ އަހަރެން ދެކޭގޮތުގައި މީހަކު މަރާލުމަށްވުރެ ކަންބޮޑުވާންޖެހޭ ކަމެއް. އެއީ މީހަކު މަރާލައިފިއްޔާ ކުށްވެރިޔާ ހައްޔަރުކުރެވޭނެ. އަމިއްލައަށް މަރުވުމަކީ ބައްޔެއް. އަދި ކެތްނުކުރެވޭ ވަރަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އަލާމާތެއް. މިއީ ކުޑަ ކަމެއް ނޫން. މި ދާއިރާއިން މިކަން ސީރިއަސްކޮށް ނަގަންޖެހޭ. މިއީ ހަމައެކަނި ދެތިން ކާމިޔާބު ފިލްމުގައި އެކްޓްކުރީމަ މުހިންމުވާންޖެހޭ ސަބަބެއް ނޫން، ފިލްމަށް ވުރެ މީހެއްގެ ފުރާނަ މާ މުހިންމު،" އިންޓަވިއުއެއްގައި ޕްރަސޫން ބުންޏެވެ.

ޕްރަސޫން މީގެ އިތުރުން ކަންބޮޑުވަނީ ސުޝާންތްގެ މަރާ ގުޅިގެން މިދާއިރާ ދެ ބަޔަކަށް ބެހިގެން ދިޔައީމައެވެ. މިގޮތުން ބައެއް މީހުން ސުޝާންތަށް ހަމްދަރުދީވީއިރު އަނެއް ބަޔަކު ހަމަދަރުދީ ފާޅުކުރަނީ ސުޝާންތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަށެވެ.

ސީ.ބީ.އައި އަށް ހުށައަޅާފައިވާ ރިޕޯޓުގައި ވާގޮތުން ސުޝާންތު މަރާލާފައިވާ ކަމުގެ ހެއްކެއް ނެތެވެ. އަދި އޭނާގެ ހަށިގަނޑުގައި ދަންޖެހިގެން ލިބުނު އަނިޔާއެއް މެނުވީ ފެންނަން ނެތް ކަމަށާއި، ޒަހަރުގެ އަލާމާތެއްވެސް ފެންނަން ނެތް ކަމަށް ރިޕޯޓުގައި ވެއެވެ.

ސުޝާންތް މަރުވެފައި އޮއްވާ ފެނުނީ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާގެ ބަންދްރާ އެޕާޓްމަންޓްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *