Support Us

21 އަހަރުގެ ކުއްޖަކާ ގާސިމް ކައިވެނި ކުރައްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާޙިމް، އުމުރުން 21 އަހަރުގެ ކުއްޖަކާ ކައިވެނި ބައްލަވައިގެންފިއެވެ.

ި އުމުރުން 69 އަހަރުގެ ގާސިމް ރޭ ކައިވެނި ބައްލަވައިގަތީ މާމިގިއްޔަށް އުފަން ރާނިޔާ އަބްދުލްހަމީދާއެވެ. ހަތަރު ވަނަ އަނބިކަނބަލުންގެ ކައިވެނީގެ ހަފުލާ އޮތީ މިރޭ ސަން އައިލެންޑު ރިސޯޓުގައެވެ.

ރައްޔިތުންގެ މަޖިލިސްގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމްގެ 14 ބޭފުޅުން ތިއްބަވައެވެ. ރާނިޔާގެ ކުރިން ގާސިމް ކައިވެނި ބައްލަވައިގަތީ ހއ. ހޯރަފުށީ އައިޝަތު ނަހުލާއާއެވެ. ނަހުލާ އަކީ ގާސިމްގެ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލީޝަން ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
512
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *