Support Us

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އިންތިޒާމު ކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026″ މިއަދު ފަށައިފިއެވެ.

ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޞިއްޙަތާއި އާޢިލާއާއޖ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ބައިވެރިވެވަޑައިގަތެވެ. އަދި ދައުލަތުގެ އެކި މުޢައްސަސާތަކުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ދިވެހިރާއްޖޭގެ ޢިޤްތިޞާދުގައި އެމް.ޕީ.އެލް އިން އަދާކުރާ މުހިންމު ދައުރަށް އަޅިއަޅުވައިލައްވައިފައެވެ. އަދި ބަނދަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ސައީދު ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޕީ.އެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ކެޕްޓަން ޙުސައިން ޝަފީޤު ވިދާޅުވީ ބަނދަރުގެ އޮޕަރޭޓްކުރުމުގެ އިތުރުން އެމް.ޕީ.އެލްއަކީ މެރިޓައިމްގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވަނަންސް އަދި މީހުން ބިނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މީހުން ބިނާކުރުމަށް އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީ.ޓީ.ސީ) އިން ކުރަމުންދާ މަސައްކަތްތައް ޝަފީގް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނަލް ސްޓޭންޑަޑް ޤާއިމްކުރެވޭނީ މީހުން ބިނާކުރުމަށް އިންވެސްޓްކޮށްގެން. މި ފުރުސަތުގައި އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން ޕޯޓް ޓްރެއިނިން ސެންޓަރުން ކުރަމުންދާ މަސައްކަތްތައް،" ޝަފީގް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، އައު ބަނދަރުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މުހިންމުކަން ވެސް ޝަފީގް ފާހަގަކުރެއްވިއެވެ.

"އައު ބަނދަރުގައި މި ޤާއިމްކުރާ އުމްރާނީ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކުން އެކަނި، މި މަޝްރޫޢު ކާމިޔާބެއްނުވާނެ. މި މަޝްރޫޢު ކާމިޔާބުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0″ގެ ތަސައްވުރާ އެއްގޮތަށް، ޒަމާނީ އޭ.އައި އަދި ސްމާޓް ޓެކްނޮލޮޖީތައް މި ބަނދަރުގެ ޚިދުމަތުގައި ބޭނުންކޮށްގެން،" ޝަފީގް ވިދާޅުވިއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި، ސްޓޭކްހޯލްޑަރުންނާއި، ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި އަހަރުގެ މެރިޓައިމް ކޮންފަރެންސްގައި ޖުމްލަ 200 ފަރާތަކުން ބައިވެރިވެއެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "Securing our seas, safeguarding our future" އެވެ. އެގޮތުން، މި ތީމާ ގުޅޭ މުހިންމު ފަސް ދާއިރާއަކަށް މި ކޮންފަރެންސްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރާނެއެވެ.

މި ކޮންފަރެންސްގެ ސްޕީކަރުންގެ ގޮތުގައި މެރިޓައިމްގެ ދާއިރާގެ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.

ކޮންފަރެންސްގައި ސްޕީކަރުން

  • ކެޕްޓަން އަޙްމަދު ޒުބައިރު- ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ
  • ބްރިގޭޑިއަރ ޖެނަރަލް ޑރ. ޙުސައިން އިބްރާހީމް- ޑިރެކްޓަރ ޖެނަރަލް، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
  • ޑރ. ކެޕްޓަން އިސަތު ގުޒައި- ރިޓަޔަރޑް މެރިޓައިމް އެކްސްޕާޓް، މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަން އޮފް ޓާކީ
  • ޕްރޮފެސަރ ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް- ފައުންޑަރ އެންޑް އެގްޒެކްޓިވް ޗެއަރމަން، ނެދަރލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖު
  • ޑރ. އަތާއުﷲ ރަޝީދު- ހެޑް އޮފް ދަރ ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
  • ޑރ. އަޒްމަތު ޖަލީލް– މެންބަރ، ގަވަރނިން ބޯޑް އޮފް ދަ އިންޓަރނޭޝަނަލް އޯޝަން އިންސްޓިޓިއުޓް، މޯލްޓާ| އޮނަރަރީ ލެކްޗަރ، ކާޑިފް ޔުނިވަރސިޓީ، ޔޫކޭ| ޑިރެކްޓަރ، އައިއޯއައި އޯޝަން އެކަޑެމީ، ދިވެހިރާއްޖެ
  •  ޝަރިޝެން ބިން ރެޒުއަން ޕަޕިންޑަރ- ޖެނެރަލް މެނޭޖަރ އޮފް ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަންމަންޓް އޮފް ޕޯޓް ޓަންޖުންގ ޕެލެޕަސް (ޕީޓީޕީ)، މެލޭޝިއާ
  •  ޑރ. މާކް އައްސަފް- ޗީފް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސެކްޝަން، ޓްރެއިން ފޯ ޓްރޭޑް ޓްރޭޑް ލޮޖިސްޓިކްސް ބްރާންޗް، ޑިވިޟަން އޮން ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކްސް ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް)
  •  ޑރ. ޗޮންގ ޖޫ ޗައެ- އެސޯސިއޭޓް ޕްރޮފެސަރ، ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ
  •  އައިޝަތު ޝިމްލާ- ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރ– މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
  •  ޙުސައިން ނަޒީރު- ޑިރެކްޓަރ އޮފް މެރިޓައިމް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  •  ކެޕްޓަން މުޙައްމަދު ޒައިދު- ހެޑް އޮފް ސެންޓަރ، ސެންޓަރ ފޯރ މެރިޓައިމް ސްޓާޒީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
  •  ކެޕްޓަން އަޙްމަދު މައުމޫން– ޗެއަރމަން އޮފް ސެން ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، މާސްޓަރ މެރިނަރ
  •  ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު– ކޯސްޓްގާޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް