Support Us

އިސްލާމީ ތަރިކަ ޙިމާޔަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް: ރައީސް މައުމޫން

އިސްލާމީ ތަރިކަ ޙިމާޔަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް ކަމުގައި ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ "އިސްލާމީ ދުނިޔޭގައި ތަރިކައިގެ ދުވަހާ" ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ "އިސްލާމީ ތަރިކައަކީ ޢިލްމުތަކާއި އަދަބިއްޔާތާއި ތަފާތު ސަޤާފީ ކަންތައްތަކާއި ފަންނުތައް ހިމެނޭ ވަރަށް މުއްސަނދި ތަރިކައެއް" ކަމަށާއި "މިތަރިކަ ދަމަހައްޓައި ޙިމާޔަތް ކުރުމަކީ މިއަދު އެކަނި ކުރަންވީ ކަމެއް ނޫން" ކަމަށެވެ.

"އެއީ އަބަދަށްޓަކާ މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިސްލާމްވީ، ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ތެރޭގައެވެ. ވޭތުވެދިޔަ 893 އަހަރަށް ބަލާއިރު، ރާއްޖޭގައި ހުރި، ޒަމާންވީ އިސްލާމީ އާސާރީ ތަރިކަތަކުގެ ތެރޭގަައި ޒަމާންވީ ތާރީޚީ އާސާރީ މިސްކިތްތައް ފާހަގަކުރެވެއެވެ. މާލޭގެ ނުވަތަ ރާއްޖޭގެ އެންމެ ފުރަތަމަ މިސްކިތް ކަމުގައިވާ ދަރުމަވަންތަ ރަސްގެފާނު މިސްކިތް ބިނާ ކުރެވުނީ މީގެ 890 އަހަރު ކުރިންނެވެ.

ދަރުމަވަންތަ ރަސްގެފާނު މިސްކިތް، މީގެ 100 އަހަރުކުރި

މީގެ އިތުރުން، މީގެ 400 އަހަރު ކުރިން ބިނާ ކުރެވުނު މާލޭ ހުކުރު މިސްކިތާއި، އެ މިސްކިތުގެ މުންނާރަކީ ރާއްޖޭގެ އިސްލާމީ އާސާރީ ތަރިކަތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ އާސާރުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *