Support Us

މޯބައިލް ޗެމްބަރަކާއެކު ގައްދޫގައި ޑައިވިިން ކްލަބެއް ހުޅުވައިފި

ޑައިވިިންގެ ހުރިހާ އާލާތަކާއެކު މޯބައިލްކޮށް ޚިދުމަތް ފޯރުކޮށްދޭ ޗެމްބަރަކާ އެކު ގދ. ގައްދޫގައި ޑައިވިިން ކްލަބެއް ރޭ ހުޅުވައިފިއެވެ.

ގދ. އަތޮޅު ކައުންސިލް ނައިބު ރައީސް މުހައްމަދު ރިޒާން ހުޅުއްވައިދެއްވި "އިރާ ޑައިވިން ކްލަބް އެންޑް ވޯޓަރ ސްޕޯޓްސް" އަކީ ހުވަދު އަތޮޅުގައި ހުޅުވުނު މިފަދަ ފުރަތަމަ ޑައިވިިން ކްލަބެވެ.

އިރާގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު ވިދާޅުވީ ގިނަ ޚިދުމަތްތަކާއެކު ޑައިވިިން ކްލަބެއް ރަށުގައި ހުޅުވުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު މިވަނީ އުންމީދުކުރި ވަރަށް ވުރެ ވެސް ފުރިހަމަކޮށް އެކަން ކުރެވިފައި ކަމަށެވެ.

"މިތަނުގައި އިޓަލީގެ ޑައިވަރުން އެބަތިބި. އަދި ޑައިވިިން އަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް އެބަހުރި. ހަމަ އެހެންމެ ޑައިވިން އާލާތްތައް މަރާމާތު ކުރެވޭނެ. ޑައިވިިން ކޯސްތައް ހިނގާނެ. ވޯޓަރ ސްޕޯޓްސް އަށް ބޭނުންވާ ސާމާނު ހުންނާނެ،" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކްލަބުން ދޭނެ އެންމެ ޚާއްޞަ ޚިދުމަތަކީ ޑައިވް ކުރުމުގައި ދިމާވާ ޙާދިސާތަކުން ސަލާމަތް ވުމަށް އެންމެ އަވަހަށް ބޭނުންވާ ޗެމްބަރުގެ ޚިދުމަތެވެ. އަދި އެ ޚިދުމަތް މޯބައިލްކޮށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މޯބައިލް ޗެމްބަރުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ފިޝަރީޒް މިނިސްޓަރީ އަދި އެމް.އެން.ޑީ.އެފްގެ އެހީ ލިބޭނެ،" ރަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *