ޕަޕުއާ ނިއު ގިނީގެ ބޯގަންވިލްގެ ރައީސް ކަމަށް ކުރީގެ އިދިކޮޅު މިލިޓަރީ ކޮމާންޑަރު އިޝްމާއެލް ޓޮރޯމާ ހޮވިވަޑައިގެންފިއެވެ. ޕަޕުއާ ނިއު ގިނީގެ ކިބައިން މިނިވަންކަން ހޯދުމުގެ މަޝްވަރާތައް ފެށުމަށް ޓޮރޯމާ ވަނީ މިހާރު ނިންމަވައިފައެވެ.
މި އިންތިހާބަކީ މިދިޔަ އަހަރުގެ ފަހުކޮޅު ޕަޕުއާ ނިއު ގިނީ އާއި ބޯގަންވިލް ވަކިވުމަށް ވޯޓުލުމަށްފަހު ބޭއްވި އެންމެ ފުރަތަމަ އިންތިހާބު ކަމަށް އެރަށުގެ އިލެކްޓޯރަލް ކޮމިޝަނަރު ވިދާޅުވިއެވެ.
A big #Bougainville clap to acknowledge the victory of Ishmael Toroama as new president. pic.twitter.com/CQJ7HGUa32
— Joseph Nobetau (@JosephNobetau) September 23, 2020
ބޯގަންވިލްއަކީ ދެކުނު ޕެސިފިކްގައި އޮންނަ ބިމުގެ މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ. މި ރަށުގައި 10 އަހަރުގެ ދާހިލީ ހަނގުރާމައެއް ހިނގާފައިވެއެވެ. މިގޮތުން 1998 ގައި ނިމުނު މި ހަނގުރާމައިގައި 20000 މީހުން މަރުވެފައިވެއެވެ.
މި ހަނގުރާމަ ކުރީ ބޯގަންވިލްގައި ހުރި ޕަންގުނާ ރަނާއި ލޮއެ މައިންތަކުން ލިބޭ ފައިދާ ބަހާނެ ގޮތަކާއި މެދު ހިނގި ދެބަސްވުންތަކެއްގެ ސަބަބުންނެވެ. އަދި މައިން ކުރުމުން، އެ ރަށުގެ ތިމާވެއްޓަށް ލިބެމުންދިޔަ ގެއްލުންތަކާ ގުޅިގެންނެވެ.
ޓޮރޯމާ އަކީ ކުރީގައި ބޯގަންވިލް ރިވޮލިއުޝަނަރީ އާމީގެ ކޮމާންޑަރެކެވެ. އަދި ފަހުން އަމާންކަމަށާއި ހަތިޔާރު މަދުކުރުމަށްވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
މިހާރުގެ ރައީސް ޖޯން މޮމިސްގެ ސަރުކާރުން ކަނޑައަޅާފައިވާ ކެނޑިޑޭޓް އެ ސަރަހައްދުގެ ވޯޓުން ވަނީ ނާކާމިޔާބުވެފައެވެ.



advertisment