Support Us

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން

ކަރަންޓީނުވުމެއް ނެތި ޝާހިދު އާންމު ތަންތަނަށް ވަޑައިގަންނަވާތީީ އިދިކޮޅުގެ ކަންބޮޑުވުން

"މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަސް މިފަދަ ޢާންމު ޞިއްޙަތާ ގުޅޭ ކަންކަމުގައި އޮންނަންވާނީ ރައްޔިތުންނާ އެއް އުސޫލެއް"

ދުބާއީން ވަޑައިގެން ކަރަންޓީނުވުމެއް ނެތި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާންމު ތަންތަނަށް ވަޑައިގަންނަވާތީީ އިދިކޮޅުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ކަމާ ގުޅިގެން އިދޮޅު ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނީ "ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ޒިޔާރަތްކުރުމަށްފަހު ޤައުމަށް އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަންޖެހޭ އުޞޫލަކީ، ސަރުކާރުގެ އިސްވެރިން ޢަމަލުކުރަމުން ނުދިޔުމަކީ ބަލައިގަނެވޭ ކަމެއް ނޫން" ކަމަށެވެ.

"ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރުމަށްފަހު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ 19 ސެޕްޓެމްބަރުގައި، ދުބާއިން އައި އެމިރޭޓްސް އެއަރލައިންގެ ފްލައިޓުންނެވެ. ވިދިގެން އައި ދުވަހު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓްރެޜަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަ ބަޔަކު އެއްކޮށްގެން، މިނިސްޓަރ ޝާހިދު ހަރަކާތްތެރިވެވަޑައިގަތުމުން އެކަމާ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމަނިކުފާނު ވަނީ އެޗް.ޕީ.އޭގެ ޢާންމު ގައިޑްލައިނާ ޚިލާފުވެވަޑައިގެންފާ ކަމުން، އެތައް ބަޔަކު ނުރައްކަލަށް ހުށަހަޅުއްވާފައިކަން ފާހަގަކުރަމުންނެވެ." އެ ބަޔާނުގައި ވެއެވެ. "މިފަދަ ޣައިރު ޒިންމާދާރު ޢަމަލުތައް، ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ މިޕާޓީން ކަންބޮޑުވާކަމެކެވެ. އަދި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗް.ޕީ.އޭ ގެ ގައިޑްލައިނާ ޚިލާފުވަމުން ދާއިރު، އެއްވެސް ފިޔަވަޅެއް އަޅަން އެޗް.ޕީ.އޭ އިން ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ."

އިދިކޮޅު ކޯލީޝަނުން ބުނި ރައްޔިތުންނަށް އެއް އުޞޫލެއް، ބޮޑުންނަށް ވަކި އުޞޫލެއް އޮންނަ އޮތުން ވަގުތުން ދޫކޮށްލައި، މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަސް މިފަދަ ޢާންމު ޞިއްޙަތާ ގުޅޭ ކަންކަމުގައި އޮންނަންވާނީ ރައްޔިތުންނާ އެއް އުސޫލެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *