މަޝްހޫރު ފިލްމީ ތަރި ސުޝާންތް ސިންގްގެ އޮޓޯޕްސީ ރިޕޯޓް ހެދުމަށް ފޮނުވާފައިވާ ސާމްޕަލްތައް ރަނގަޅު ނޫން ކަމަށް ރިޕޯޓްކޮށްފިއެވެ.
މިގޮތުން އޭ.އައި.އައި.އެމް.އެސްގެ ޑިޕާޓްމަންޓް އޮފް ފޮރެންސިކް މެޑިސިން އެންޑް ޓޮކްސިކޮލޮޖީއަށް ލިބުނު ބަނޑުގެ މައި ގުނަވަންތަކުގެ ސާމްޕަލްތަކުގެ ފެންވަރު ދަށްކަމަށް ވެއެވެ. އަދި މީގެ އިތުރުން ބޭނުންވާ މިންވަރަށް ވުރެ ސާމްޕަލްތައް މަދުކަމަށްވެސް އައި.އޭ.އެސް އަށް މައުލޫމާތު ލިބެއެވެ.
ސުޝާންތްގެ ބަނޑުގެ މައި ގުނަވަންތަކުގެ ސާމްޕަލްތަކަކީ އޭނާ މަރާލީ ވިހައެއް ދީގެންތޯ ކަށަވަރު ކުރުމަށް އެންމެ މުހިއްމު ސާމްޕަލްތަކެވެ. ނިއު ދިއްލީގެ އޭ.އައި.އައި.އެމް.އެސް ހޮސްޕިޓަލުގެ ފޮރެންސިކް ޓީމުން މިދިޔަ ހުކުރު ދުވަހާ ޖެހެންދެން މި ސާމްޕަލްތަކުގެ ޓެސްޓު ކުރި ކަމަށްވެއެވެ.
އޭ.އައި.އައި.އެމް.އެސްގެ ފޮރެންސިކް ޓީމާއި ސީ.ބީ.އައި ބައްދަލުކޮށް، ސުޝާންތްގެ އޮޓޯޕްސީ ރިޕޯޓް މިއަދުގެ ވަގުތެއްގައި ހުށަހެޅުމަށް އޮތީ ހަމަޖެހިފައެވެ.



advertisment