Support Us

ބެންގާލީ ބުދު ހަދާ މީހަކު ސުޝާންތްގެ ބުދެއް ހަދައިފި

ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ފިލްމީ ތަރި ސުޝާންތް ސިންގްގެ މަރަކީ ގިނަ ބަޔަކު ދެރަކޮށްލި ހަބަރެކެވެ. ނަމަވެސް ވެސްޓް ބެންގާލްގެ އަސަންސޯލަށް ނިސްބަތްވާ ބުދު ހަދާ މީހެއް ވަނީ ހިތާމަ ކުރުމުގެ ބަދަލުގައި ސުޝާންތްގެ ޝަރަފުގައި އޭނާގެ ބުދެއް ހަދައިފައެވެ.

ސުސާންތާ ރޭ ނަމަކަށް ކިޔާ މި ބުދު ހަދާ މީހަކީ އެހެނިހެން މަޝްހޫރު ޝަހްސިއްޔަތްތަކުގެ ބުދުވެސް ހަދާފައިވާ މީހެކެވެ. މިގޮތުން އޭނާ ހަދާފައިވާ ބުދުތަކުގެ ތެރޭގައި އަމީތާބް ބައްޗަންގެ ބުދާއި، ވިރާތް ކޮއްލީގެ ބުދުވެސް ހިމެނެއެވެ. އަދި ޖިޔޯތީ ބާސޫ ފަދަ ސިޔާސީ ވެރިންގެ ބުދު ވެސް ހަދާފައިވެއެވެ.

"އަހަރެން ވަރަށް ސަޕޯޓްކުރި މީހެއް ސުޝާންތް ސިންގަކީ. އޭނާ މަރުވުމަކީ ލިބުނު ހިތާމައެއް. އެހެންވެ އޭނަގެ ހަނދާނުގައި މިއުޒިއަމްގައި ބަހައްޓަން ހެދި ބުދެއް މި ބުދަކީ،" އޭ.އެން.އައި ނޫހަށް މައުލޫމާތު ދެމުން ސުސާންތާ ބުންޏެވެ.

"ސުޝާންތްގެ އާއިލާއިން މި ބުދު ބޭނުންވެއްޖެނަމަ، އެމީހުންނަށް އިތުރު ބުދެއް ހަދައިދޭނަން،" ބުދު ހަދާ މީހާ އިތުރަށް ބުންޏެވެ.

އަސަންސޯލުގައި ސުސާންތާގެ ބުދު މިއުޒިއަމްއެއް ހުރެއެވެ. މި މިއުޒިއަމްގައި އާންމުންނަށް މަޝްހޫރު މީހުން ކައިރީގައި ތިބެގެން ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ. މިގޮތުން މި މިއުޒިއަމްގައި އުއްތަމް ކުމާރު، ކާޒީ ނަސްރުލް އިސްލާމް، މަދަރ ޓެރެސާ ފަދަ ޝަހްސުތަކުގެ ބުދުތައް ހުރެއެވެ.

ސުޝާންތްގެ ބުދު ހެދުމަށްފަހު، ސުސާންތާ ފޭސްބުކަށް އޭގެ ފޮޓޯތައް އަޕްލޯޑް ކުރުމުން ގިނަ ބަޔެއްގެ ތަރުހީބު އެއަށް ލިބިފައިވެއެވެ. މިގޮތުން ގިނަ ބަޔަކު މިއުޒިއަމްއަށް ޒިޔާރަތްކޮށް، އެ ބުދާ އެކު ފޮޓޯ ނަގަމުންދެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *