ހއ. ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު މޫދުގައި މަރުފައި އޮއްވައި ފެނިއްޖެއެވެ.
އުމުރުން 59 އަހަރުގެ އަބޫބަކުރު އަބްދުﷲ (ހޮޓާ ބަކުރު) މޫދަށް އެރި އުޅެނިކޮށް މަރުފައި އޮއްވައި ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައި، ޒުވާނުންގެ މަރުކަޒާ ދިމާލުގަ އެވެ. އަބޫބަކުރު މޫދަށް ދިޔައީ ހަވީރު ކަސްރަތަށް ފަހުގައި ކަމަށް ވެއެވެ.
އަބޫބަކުރަކީ ދިއްދޫގައި ހޮޓާ ހިންގުމުގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އިރުއޮއްސި 6 ޖަހާކަންހާއިރު އަބޫބަކުރު ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައެވެ.



advertisment