Support Us

އުންމީދު ގެއްލި، މާޔޫސްވާ ކޮންމެ ހިނދަކު…

އުއްމީދު ގެއްލި މާޔޫސްވާ ކޮންމެ ހިނދަކު، ރަޙުމަތްވަންތަ އޯގާވަންތަ الله ހަޒުރަތަށް ރުޖޫޢަވެ، އަޅުދާސްވެ ދުޢާ ދަންނަވަން އަހަރެން އަވަސްވެގަންނަމެވެ.

އެކަލާނގެ އަޖައިބު ކުރުވަނިވި ތަދުބީރުފުޅުން ޙައިރާންވާ ފަދަ ކުއްލިގޮތަކަށް އަހަރެންގެ ޙާލަތު ބަދަލުވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ.

ހަމަ އެފަދައިން އަހަރެންގެ ހިތް ހަލާކުވެފައިވާކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އަލުން ހިތްވަރާއި ބާރު ދެއްވުމަށް އެދި، އެކަލާނގެ ހަޒުރަތަށް ދުޢާ ދަންނަވާ އިބުތިހާލުވަމެވެ.

އަަހަރެންނަކީ، ނޭދެވޭ އަދި ނުރުހެވޭ މީހެއްގެ ގޮތުގައި އަނެކުން ދެކެން ފަށައިފިކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު، މާތް اللهގެ ޙަޟްރަތަށް އަވަސްވެގަންނަމެވެ. އެކަލާނގެ ޙަޟްރަތުން އަބަދުވެސް އަހަރެންނަށް މަރުޙަބާ އާއި ތަރުޙީބު ލިބިގެންވާކަން، ޔަގީންވާތީއެވެ. ރައްދުނުކުރައްވާނެކަން ކަށަވަރުވާތީއެވެ.

އަހަރެންނަކީ، ނިކަމެތިވެ ގެއްލިފައިވާ މީހެއް ކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އަހަރެންނަށް ރަނގަޅު ފައިދާހުރިގޮތް އަންގަވާދެއްވުމަށް އެދި، އަޅުދާސްވެ ދުޢާ ދަންނެވުމަށް އަވަސްވެގަންނަމެވެ. އެހެނީ، އަހަރެންނަށް މަންފާހުރި އަސްލު ޕްލޭން ދެނެވޮޑިގަންނަވާނީ، އެކަލާނގެ ކަމަށްވާތީއެވެ.

އަހަރެން މާތްالله އާ ވަކީލުކޮށް އެކަލާނގެ އާ ހަވާލުކުރި ކޮންމެ ކަމަކަށް އެންމެ ހެޔޮ އެކަށޭނަ ބަދަލު ލިބޭނެކަން ޔަޤީންވާތީއެވެ. ޝައްކެއްނެތެވެ. ދުނިޔެއިން ލިބޭ ކޮންމެ ދެރައަކަށް، އެންމެ ހެޔޮ ބަދަލު، ލިބޭނީ، އޯގާވަންތަ ރަޙީމުވަންތަ މާތް اللهގެ ހަޒުރަތުންނެވެ.

 

* އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރު މުޞްޠަފާ މަޙްމޫދު رحمه اللهގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *