Support Us

ހާންއެއަރއާ ގުޅިގެން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ފިޔަގަނޑު ފުޅާކޮށްފި

ޖަރުމަންގެ ހާންއެއަރއާ ގުޅިގެން މަސައްކަތްކުރަން މޯލްޑިވިއަންއިން ފަށައިފިއެވެ. މިއީ ދުނިޔޭގެ 350 އަށްވުރެ ގިނަ އެއަރލައިންގެ ބޮޑު ނެޓްވޯކެއްގައި ގައުމީ އެއަރލައިން ހިމެނިގެން ދާނޭ ގުޅުމެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

"މި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ 190 ޓްރެވަލް އެޖެންޓުންނަށް ދަތުރުފަތުރުގެ އާދައިގެ ގްލޯބަލް ޑިސްޓްރިބިޔުޝަން ސިސްޓަމްތައް މެދުވެރިކޮށް، ހާންއެއަރގެ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދޭ HR-169 ޓިކެޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު މޯލްޑިވިއަންގެ ހިދުމަތް ބުކްކޮށް އަދި ފަސިންޖަރުންނަށް ފޯރުކޮށްދެވޭނެއެވެ." މޯލްޑިވިއަން އިން ބުނެއެވެ.

"މި ގުޅުމުގެ ސަބަބުން މޯލްޑިވިއަންގެ ދުނިޔެވީ ފެންވަރުގައި ދަތުރުތައް ވިއްކުމުގެ ގާބިލިއްޔަތު އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ރާއްޖެއަށާއި ރާއްޖެތެރެއަށް ކުރާ ދަތުރުތަކަށް ފަސޭހައިން ޓިކެޓް ހޯދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. ހާންއެއަރގެ ފުޅާ ނެޓްވޯކްގެ ބޭނުން ހިފުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރުފަތުރު ކުރުމަށް ފަސޭހަ އަދި އިތުބާރު ހުރި ގޮތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވިއަންގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ."